04 Aug 2015, 21:31
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ފިރިހެން ފުޓްބޯޅަ އިވެންޓްގައި މަޑަގަސްކަރަ އަތުން 4-0 ގެ ނަތީޖައަކުން ބަލިވެ ރާއްޖޭގެ ޓީމް މުބާރާތުން ކަޓައިފިއެވެ.
މެޗްގައި މަޑަގަސްކަރަ ޓީމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބު ކުރީ ދެ ވަނަ ހާފުގައެވެ.
މިގުރޫޕްގައި ރާއްޖެ ތިންމެޗް ކުޅުނު އިރު މޮޅުވީ ސީޝެލްއާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ.
ފުރަތަމަ ލަނޑު މެޗްގެ 44 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެޓީމްގެ އޮންރީ ޗާލްސްއެވެ.
މަޑަގަސްކަރަ ދެ ވަނަ ލަނޑު ކާމިޔާބުކުރީ ދެ ވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓް ތެރޭގައެވެ.
ތިން ވަނަ ލަނޑު މެޗް 70 ވަނަ މިނެޓްގައި ކާމިޔާބު ކުރިއިރު އެޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ 90 މިނެޓް ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ތިން މިނެޓްގެ ތެރެއިން ދެ ވަނަ މިނެޓް ތެރޭގައެވެ.
މީގެ އިތުން މެޗްގެ 67 ވަނަ މިނެޓްގައި ނަތީޖާ ތާފާތު ބޮޑުކުރުމަށް ސީޝެލްއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެޓީމުން ޖެހި ޕެނަލްޓީ ދިޔައީ ގޯލް ދަނޑި މަތިން ބޭރަށެވެ.
މި ޕެނަލްޓީއަކީ މުޙައްމަދު ޝިފާން (ކުޑައްޓޭ) ރާއްޖޭގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން މަޑަގަސްކަރަ ކުޅުންތެރިޔަކަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.
މިމެޗްގައި މަޑަގަސްކަރައިން އުފެއްދި ނުރައްކާތެރި ބައެއް ހަމަލާތައް ރާއްޖޭގެ ގޯލްކީޕަރު މުޙައްމަދު ޢިމްރާން (ކުޑަ ޢިމްރާން) ވަނީ ދިފާއުކޮށްފައެވެ.
މި ގްރޫޕްގައި ރާއްޖެ ތިން މެޗް ކުޅުނު އިރު މޮޅުވީ ސީޝެލްއާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ.
ސީސެލްސް އަތުން ރާއްޖެ މޮޅުވީ 2-1 ނަތީޖާއަކުންނެވެ. މި މުބާރާތުގައި ރާއްޖެއަށް ޖެހިފައިވަނީ އެންމެ ތިން ލަނޑެވެ. ބައިކޮޅަށް ވަނީ އަށް ލަނޑު ވަދެފައެވެ.