އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 200 މީޓަރު ފިރިހެން ދުވުމުގެ ހީޓުން ހަސަން ސާއިދު ދެ ވަނައިގައި ރޭސް ނިންމައި ފައިނަލަށް ދަތުރުކޮށްފިއެވެ.

މީގެ އިތުން 200 މީޓަރުގެ އަންހެން އިވެންޓުން ހަތަރު ވަނައިގައި ރޭސް ނިންމައި އަފާ އިސްމާޢީލްވެސް ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.

ސާއިދު ވަނީ މިދިޔަ އާދިއްތަ ދުވަހު 100 މީޓަރު ދުވުމުން އެއް ވަނަ ހޯދައި އައިއޯއަިޖީގައި ރާއްޖެއަށް ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދައިދީފައެވެ.

ސާއިދު ރޭސް ނިންމާލީ 21:67 ސިކުންތުންނެވެ.

އަފާ ރޭސް ނިންމާލީ 25:43 ސިކުންތުން ނެވެ.

ސާއިދު ވާދަކުރާ ފައިނަލް އިވެންޓު އޮންނާނީ މިއަދު ހަވީރު 6؛25 ގައެވެ.

މަސްދަރު: ދިވެހި މީޑިއާ ޓީމް