04 Aug 2015, 11:54
މަރުވެފައި އޮތް ތުއްތު ކުއްޖަކު މާލޭގެ މަގުމައްޗަށް އެއްލާލާފައި އޮއްވައި ފެނިއްޖެ އެވެ.
މަގުމައްޗަށް އެއްލާލާފައި އޮތް އެކުއްޖާ ފެނިފައި ވަނީ ފަރީދީމަގު އެފްޑީއައި ކައިރިންނެވެ. މަރުވެފައި އޮއްވައި ފެނުނު ތުއްތު ކުއްޖާ އަކީ ގާތްގަނޑަކަށް ބަނޑަށް ތިން މަހުގައި މަރުވެފައި އޮތް ކުއްޖެއް ކަމަށް ބެލެވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މަގުއްޗަށް އެއްލާލާފައި އޮތް ކުއްޖަކު ފެނިގެން ރިޕޯޓު ކުރީ މިއަދު 11:30 ހާއިރު ކަމަށެވެ. އަދި އެކުއްޖާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މަރުވެފައި އޮއްވައި ފެނުނު ކުއްޖާ އަތްތިލައެއްހާ ކުޑައިރު، އެކުއްޖާގެ ހަށިގަނޑުން ވަކިވަނީ ބޮލާއި އަތް އެކަންޏެވެ.
ނޯޓު: އައިޖީއެމްއެޗުގެ ޑޮކްޓަރުނާ ހަވާލާދީ ފުލުހުން ފަހުން ބުނީ އެއީ އިންސާނެއް ނޫން ކަމަށެވެ.