ފުލުހުންގެ އޮފިޝަލުންނަށް މިނިވަން 50 އާ ގުޅިގެން ދިނުމަށް ހަމަޖައްސާފައިވާ މިނިވަން 50ގެ މެޑަލް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނަށާއި ނައިބު ރައީސް އަހުމަދު އަދީބަށް ހަދިޔާ ކުރައްވައިފި އެވެ.

ފުލުހުންގެ އޮފިޝަލުންނަށްދޭ މިނިވަން 50ގެ މެޑަލް ރައީސް ޔަމީނަށް އެރުވީ ރައީސް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދެވެ. އަދި ނައިބު ރައީސް އަހުމަދު އަދީބަށް ވެސް އެ މެޑަލް ވަނީ އަރުވައިފަ އެވެ.

މިނިވަން 50ގެ މެޑަލް ހަވާލު ކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިނިވަން 50ގެ މެޑަލް ލިބިގެންދާނީ މިދިޔަ ޖުލައި މަހުގެ ނިޔަލަށް ފުލުހުންގެ ވަޒީފާގައި ދެމިތިބި ފުލުހުންނަށެވެ. އަދި މިނިވަން 50ގެ މެޑަލްގެ ނަމުގައި ފުލުހުންނަށް މެޑައްޔެއް ދޭން ނިންމީ ފުލުހުންގެ އިސްވެރިންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު ކޮމިޝަނާ އޮފް ޕޮލިސްގެ ލަފާފުޅުގެ މަތިންނެވެ.

އެ މެޑައްޔަކީ ފުލުހުންގެ ވަޒީފާގައި ތިބި ފުލުހުންނަށް ގައުމީ ފެންވަރުގައި ދޭ ޝަރަފުގެ ނިޝާނެއްގެ ގޮތުން މުޅިން އަލަށް ތައާރަފްކޮށްފައިވާ މެޑައްޔެކެވެ.