ތަފާތު އެކި ދުވަސްމަތިން އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި ބައްޕައަކު 24 އަހަރަށް ޖަލަށްލުމަށް ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.

ފުނަދޫ ކޯޓުން އިއްޔެ އެ ހުކުމް ކޮށްފައި ވަނީ އެރަށު ދިޔަރެސް އަބްދުﷲ ސައީދުގެ މައްޗަށެވެ.

ފުނަދޫ ކޯޓުގެ ހުކުމްގައި ވަނީ އަބްދުﷲ ސައީދު އޭނާގެ 16 އަހަރުގެ ދަރިފުޅަށް 2009 ވަނަ އަހަރުން ފެށިގެން 2014ގެ މެއި މަހާ ހަމައަށް ތާފާތު އެކި ދުވަސްމަތިން ޖިންސީ ގޯނާ ކޮށްފައިވާކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.