އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި މަޔޯޓްއާ ވާދަކޮށް ރާއްޖޭގެ ފިރިހެން ވޮލީޓީމް ސީދާ ތިން ސެޓުން މޮޅުވެ ސެމީގެ އުންމީދު ބޮޑުކޮށްފި އެވެ.

މިރޭ ކުޅުނު މެޗްގެ ފުރަތަމަ ސެޓް ރާއްޖެއިން ކާމިޔަބު ކުރީ 25-20 ންނެވެ. ދެވަނަ ސެޓް 25-13 އިން ކާމިޔާބުކުރި އިރު ތިން ވަނަ ސެޓް ރާއްޖޭން ކާމިޔާބުކުރީ 25-21 އިންނެވެ.

މިމެޗުން ރާއްޖެ މޮޅުވުމުން ސީޝެލްސްއާ މަޔޯޓް ކުޅޭ މެޗުން ސީޝެލްސް މޮޅުވެއްޖެ ނަމަ ރާއްޖޭގެ ޓީމަށް ސެމީ ފައިނަލްގެ ޖާގަ ކަށަވަރުވާނެއެވެ.

ގްރޫޕް ސްޓޭޖްގައި ރާއްޖެ ދެން ވާދަކުރާން ޖެހޭނީ ސީޝެލްއާއެވެ. އެ މެޗު ކުޅޭނީ އަންނަ ބުދަދުވަހު އެވެ.