02 Aug 2015, 15:50
ޖިންސީ ފުރައްސާރަ ކުރި މުވައްޒަފެއްގެ މައްސަލަ ބަލާފައި ނުވާތީ ބޭކާސް ފެންޓަސީ 5،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިދިޔަ ޖުލައި މަހުގެ އަށް ވަނަ ދުވަހު ކުރި ހުކުމްގައި ޖޫރިމަނާގެ ފައިސާ 10 ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް ދެއްކުމަށް ބޭކާސް ފެންޓަސީގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.
ފެންޓަސީއާ ދެކޮޅަށް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅީ އެތަނުގެ އެސިސްޓެންޓް މެނޭޖަރު މުހައްމަދު މައުރޫފެވެ.
އޭނާ އެ މައްސަލަ ހުށަހެޅީ އެތަނުގެ އަންހެން މުވައްޒަފެއް ކަމުގައިވާ އާމިނަތު ހައިފާ ކޭކު އޯޑަރަކާ ގުޅިގެން ޕްރިންޓް ކުރަން ޖެހޭ ފޮޓޯއެއް ކަމަށް ބުނެ މައުރޫފަށް ލިބޭނެ ފޮޓޯއެއްކަން އެނގި ހުރެ ޓޮބްލެސް ފޮޓޯއެއް އޭނާގެ އީމެއިލުން މެނޭޖަރުގެ އީމެއިލަށް ޓޮޕްލެސް ފޮޓޯއެއް ފޮނުވާފައި ވާތީ، އެ މައްސަލަ ބަލައި ދިނުމަށް އެދުމުން ފެންޓަސީ ބޭކަރީން އެ މައްސަލަ ބަލާފައި ނުވާތީ އެވެ.