(ލޯވާ ލޭކް، ކެލިފޯނިއާ، އޭޕީ) ކެލިފޯނިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވުމުގެ މަސައްކަތުގައި އުޅުނު މީހަކު މަރުވެ، 20 ގެއެއް އަނދައިފި އެވެ. އަދި އެކަމުގެ ސަބަބުން އެތައް ހާސް ބަޔަކަށް ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ.

އަލިފާން ގަނޑެއް ނިއްވުމަށް މީހަކު މަސައްކަތް ކުރަނީ. ފޮޓޯ: އޭޕީ

އަލިފާން ނިއްވާމީހުން އަންނަނީ އެ އަލިފާންގަނޑުތައް ނިއްވައިލުމަށް އެއްގަމާއި ވައިގެ މަގުން މަސައްކަތް ކުރަމުންނެވެ.

ސްޓޭޓް ޑިޕާޓްމަންޓް އޮފް ފޮރެސްޓްރީ އެންޑް ފަޔާގެ ތަރުޖަމާނު ޑެނިއަލް ބާލަންޓް ބުނީ ކެލިފޯނިއާގެ އުތުރުގެ ސަރަހައްދުގައި ބޮޑެތި 21 އަލިފާން ގަނޑެއް ދަނީ ފެތުރެމުންނެވެ.

ކެލިފޯނިއާގެ ޖަންގައްޔެއްގައި ރޯވެފައިވާ އަލިފާންގަނޑެއް ނިއްވުމަށް މީހަކު މަސައްކަތް ކުރަނީ. ފޮޓޯ: އޭޕީ

އަލިފާން ގަނޑުތައް ނިއްވުމަށް އަލިފާން ނިވާ ގާތްގަނޑަކަށް 8000 މީހުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އެތައް އަހަރެއްގެ ހަނަފަސް ކަމުގެ ސަބަބުން ކެލިފޯނިއާ (ގަސްތަކާއި ވިނަ ބިންތައް) ވަރަށް ބޮޑަށް ހިކިފައި ވާތީ އަލިފާން ނިވުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެފައި ވެ އެވެ.

އަލިފާންގަނޑު ފެތުރުނަ ނުދިނުމަށް އެކަމާ ބެހޭ އިންޖިނޭރަކު މަސައްކަތް ކުރަނީ. ފޮޓޯ:އޭޕީ