02 Aug 2015, 11:15
ބައިބަލާ އެސޯސިއޭޝަނުން ކުރިއަށް ގެންދާ ބައިބަލާ މުބާރުގެ ސެމީފައިނަލަށް މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވާ ޒެފްރޯލްއާއީ ސީކޭ އަދި އީގަލްސްއާއި އެލްޓީސް އީގަލްސް އިން ތިރިޑީ އާއި އެލްޓީ ސްޕޯޓްސް ކުލަބު ފައިނަލަށް ދަތުރުކޮށްފި އެވެ.
މުބާރާތުގެ ކްއާޓާ ފައިނަލް މެޗްތައް ރޭ ކުޅޭފައިވާ އިރު ޒެފްރޯލް ސެމީފައިނަލަށް ދަތުރު ކުރީ އެއެހާ ސްޕޯޓްސް ބަލިކުރުމަށްފަހުގަ އެވެ.
ސެމީ ފައިނަލްގައި ޒެފްރޯލާ ދެކޮޅަށް ނުކުންނަ ސީކޭ ފައިނަލަށް ދަތުރު ކުރީ ހިޓާޗީ ކުޑަ ހެންވޭރު ޔުނައިޓަޑް ބަލިކުރުމަށްފަހުގަ އެވެ.
މުބާރަތުގެ ދެ ވަނަ ސެމީފައިނަލުގައި އެއްކޮޅުން ވާދަކުރާ އީގަލްސުން ތިރީ ޑީ ފައިނަލަށް ދަތުރުކުރީ ކުލަބު ގްރީން ސްޓްރީޓް ބަލިކުރުމަށްފަހުގަ އެވެ.
ސެމީފައިނަލްގައި އީގަލްސް އާއި ދެކޮޅަށް ނުކުންނާނީ އެލްޓީއެވެ. އެލްތީ ސެމީފައިނަލަށް ދަތުރު ކުރީ ލޮރެންޒޯ ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހުގަ އެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުން އޮންނާނީ މިރޭ އެވެ. ކުޅުން އޮންނާނީ އަލިމަސް ކަނިވަލް ސަރަހައްދާއި އާޓީފިޝަލް ބީޗް ސަރަހައްދާއި ދެމެދު ހަދާފައިވާ ބައިބަލާ ކޯޓްގަ އެވެ. ކުޅުން ފެށޭނީ މިރޭ 9:30 ގައެވެ.