01 Aug 2015, 18:45
ކާނިވާ ސަރަހައްދުގައި ބާއްވާފައި އޮތް ތިން ޓެކްސީއެއްގައި އަލިފާން ރޯވެ އަނދައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ، މިއަދު ހަވީރު 6:00 ކަންހާއިރު ހިނގި އެ ހާދިސާގައި އަނދާފައި ވަނީ، އެ ސަރަހައްދުގައި ބާއްވާފައި އޮތް ބޭނުން ނުކުރާ ތިން ޓެކްސީއެއްގައި ކަމަށެވެ.
އޭނާ ވިދާޅުވީ، އަލިފާން ހިފިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާރވިސް އިން އެތަނަށް ގޮސް އަލިފާން ނިއްވާލާފައި ވާ ކަމަށާއި އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ.
އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.