01 Aug 2015, 12:58
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިިޖީ)ގައި ދިވެހި ކޮންޓިންޖެންޓް ވާދަކުރާ ކުޅިވަރުތަކުން ހާސިލުކުރަން ރައީސް ޔާމީން ބޭނުންފުޅު ވަނީ ރަނާއި ރިހީގެ މެޑަލް އެކަންޏެވެ.
ދިވެހި ކޮންޓިޖެންޓް މާލެއިން ފުރުމުގެ ކުރިން ރައީސްލްޖުމްހޫރިއްޔާގެ އޮފީހުގައި ދިވެހި ކޮންޓިންޖެންޓާ ބައްދަލު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ އިހްތިފާލްތައް ރަނާއި ރިހިން ގިރިޓީ ކުރަމުން ދާއިރު ކުޅިވަރުތަކުން ވެސް ރަނާއި ރިހީގެ މެޑަލްތައް ގެނައުމަކީ އައިއޯއައިޖީގައި ވާދަކުރާ ދިވެހި ކޮންޓިޓިޖެންޓުން ދިވެހިގެ ހިނިތުންވުމަށް ޓަކައި ކުރވޭނެ އެންމެ ބޮޑު ކަންތައް ކަމަށެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ އިން ދިހަ ކުޅިވަރަކުން ބައިވެރިވެ އެވެ.
ރައީސް ވިދާލުވީ ބްރޯންޒްއަކީ މެޑަލްއެއް ނޫން ކަމަށާއި ރަން ޔޫބީލްގެ ކުލަތައް ފާހަގަ ކުރަމުންދާ އިރު ދިވެހި ބޭނުން ވަނީ ރަނާއި ރިހީގެ މެޑަލް ކަމަށެވެ.
"ސަމާސާޔަކަށް ވެސް ހަމަ ދަންނަވާލަން ބޭނުންވަނީ ބްރޯންޒްއަކީ މެޑަލްއެއް ނޫން ދެއްތޯ. ބްރޯންޒްއަކީ މެޑަލްއެއް ނޫން." އެރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފަން އިތުރަށް ވިދާޅުވީ ރަނާއި ރިހީގެ މެޑަލް ހޯދާ ފަރާތްތަކަށް ސަރުކާރުން ބޯނަސްތަކެއް ދެއްވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ބޯނަސްއެއް ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ އިން 10 ކުޅިވަރަކުން ބައިވެރިވެ އެވެ.