01 Aug 2015, 12:04
އެބޯލާ ވައިރަސް އަށް އަނެއްކާ ވެސް ވެކްސިނެއް ޓެސްޓު ކުރަން ފަށައިފި އެވެ.
ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔު އެޗް އޯ) އިން މިދިޔަ ހުކުރު ދުވަހު ބުނީ ފަރުވާއެއް ހޯދިފައިނުވާ އެބޯލާ ވައިރަސްއާ ދެކޮޅަށް ގިނީގައި މިހާރު ކުރިއަށްދާ ވެކްސިން ޓެސްޓް ކުރުމުގެ ކްލިނިކަލް ޓްރަޔަލްތައް ވަރަށް ކާމިޔާބު ކަމަށް ދައްކާ ކަމަށެވެ.
ވޮޝިންޓަން ޕޯސްޓުގައި ބުނެފައި ވަނީ މިހާތަނަށް ކުރި ޓެސްޓްތަކުން އެ ވެކްސިން 100 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށް ދައްކާ ކަމަށެވެ. އެގޮތުން އެބޯލާ ވެކްސިން ޓެސްޓް ކުރުމަށް 4،000 މީހުންގެ ގަޔަށް އެ ވެކްސިން ޖަހާފައިވާ ކަމަށް ވެސް ވޮޝިންޓަން ޕޯސްޓުގައި ބުނެފައިވެ އެވެ. އަދި އޭގެ ތެރެއިން އެއްވެސް މީހެއްގެ ގައިން ހަ ދުވަހާއި 10 ދުވަހާއި ދޭތެރޭ އެބޯލާ ވައިރަސް އަސަރު އިތުރަށް ބޮޑުވެފައިނުވާ ކަމަށް ވެއެވެ.
އެބޯލާ ވައިރަސް އަށް މީގެ ކުރިން ވެސް ވަނީ ވެކްސިންތައް ޓެސްޓްކޮށްފަ އެވެ.
އެބޯލާ ވައިރަސް ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައި ވަނީ ދެކުނު އެފްރިކާގެ ލައިބީރިއާ، ސިއެރަ ލިއޯން އާއި ނިއު ގިނިއާ އިން ނެވެ.
މިދިޔަ އަހަރު ހަލުއިކަމާ އެކު ފެތުރިގެން ދިޔަ އެބޯލާ ވައިރަސް ޖެހިގެން ދުނިޔޭގެ އެކި ގައުމުތަކުން 11000 މީހުން މަރުވެފައިވެ އެވެ.