01 Aug 2015, 00:57
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފިރިހެން ފުޓްބޯޅައިގައި ރާއްޖެއާ މަޔޯއްޓޭ ކުޅުނު މެޗްގެ ފުރަތަމަ ހާފުގައި ރާއްޖެއިން ލީޑް ނަގާފައިވަނިކޮށް ދެވަނަ ހާފުގައި ކާމިޔާބު ކުރިން ތިން ލަނޑުން 3-1 ގެ ނަތީޖާއަކުން މަޔޯއްޓޭ އަތުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ބަލިވެއްޖެއެވެ.
މެޗްގެ 12 ވަނަ މިނެޓުގައި އަހްމަދު ނާއިޒު ތަނަވަސްކޮށްދިން ފުރުސަތަކުން ރާއްޖޭގެ ލަނޑު ކާމިޔާބު ކުރީ މުޙައްމަދު އުމޭރެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފިރިހެން ފުޓްބޯޅައިގައި މަޔޯއްޓޭއާއި ރާއްޖެ ބައްދަލު ކުރި މެޗްގައި ލަނޑު ޖެހުމަށްފަހު އުމޭރު އުފާ ކުރަނީ --- ފޮޓޯ/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މަޔޯއްޓޭއިން ނަތީޖަ ހަމަހަމަ ކުރީ މެޗްގެ 54 ވަނަ މިނެޓްގައި ކާމިޔާބުކުރި ލަނޑުންނެވެ.
މެޗްގައި މަޔޯއްޓޭއިން ލީޑް ނެގީ މެޗްގެ 83 ވަނަ މިނެޓްގައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޮއުސެނޭ އެވެ.
ބެން ކާމިޔަބު ކުރި ލަނޑުން އެޓީމްގެ ނަތީޖާ ފުޅާ ކުރީ މެޗްގެ 88 ވަނަ މިނެޓްގައެވެ.
މިމެޗްގައި ރާއްޖޭގެ ގޯލް ބެލެހެއްޓި މުޙައްމަދު ޢިމްރާން (ކުޑަ އިމްރާން) މަޔޯއްޓޭގެ މުހިންމު ހަމަލާތަކެއް ހުށިއާރު ކަމާއެކު ދިފާއުކޮށްފައިވާކަމަށް މުބާރާތް ކަވަރު ކުރަން މަޔޯއްޓޭގައި ތިބި ދިވެހި މީޑިއާ ޓީމުން ބުންޏެވެ.