Hevikamuge harakaai: Varah molhu, varah furihama!
Hevikamuge harakaai: Varah molhu, varah furihama!

Last Updated:
1 decade 4 month ago

ހެވިކަމުގެ ހަރަކާތްތައް: ވަރަށް މޮޅު، ވަރަށް ފުރިހަމަ!

    ބުލޮގު ޚުލާސާ

    ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ބާއްވާ ހެވިކަމުގެ ކުޅިވަރުތައް ފަށައިފި އެވެ. ހެވިކަމުގެ ކުޅިވަރުތައް ބެލުމަށް ގިނަ ބަޔަކު ދަނޑަށް ވަނީ ޖަމާވެފަ އެވެ. އަދި ޕަބްލިކް މީޑިއާ ސާވިސް (ޕީއެސްއެމް) އިން ދަނޑުގައި ކުރިއަށްދާ ކުޅިވަރުގެ ހަރަކާތްތައް ދަނީ އެޗްޑީކޮށް ދުރަށް ފޮނުވަމުންނެވެ.

    Hevikamuge harakaai: Varah molhu, varah furihama!
    Hevikamuge harakaai: Varah molhu, varah furihama!

    00:50ހުސައިން ހަސަން

    ހިތްގައިމު މަންޒަރުތަކާއި ތަފާތު ހުނަރުތަކުން މުއްސަނދިކޮށްގެން ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ގެންދިޔަ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ނިންމާލައިފި އެވެ.

    މިރޭ 9:00 ގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ހެވިކަމުގެ ހަރަކާތް ފެށިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަނޑަަށް ވަޑައިގަތުމުންނެވެ. އެންމެ ފުރަތަމަ ދަނޑުން ފެނިގެން ދިޔައީ އަސްކަރީ ހެވިކަމާއި ބޭންޑުގެ ދައްކާލުމެވެ.

    އަސްކަރީ ހެވިކަމުގެ ދައްކާލުމުގައި ސިފައިންގެ 300 މީހުންގެ ލަޝްކަރެއް ބައިވެރިވި އެވެ. އަދި ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ގެމަތައް ބައިވެރިވި އެވެ. އަދި އެކިއެކި ސްކޫލްތަކުން 500 އަށް ވުރެ ގިނަ ކެޑޭޓުންނާއި ބޭންޑު މެމްބަރުން ވެސް އަސްކަރީ ހެވިކަމުގެ ދައްކާލުމުގައި ބައިވެރިވި އެވެ.

    އެއަށްފަހު ދެން ފެނިގެން ދިޔައީ ލަވަޔާއި ނެށުމުގެ ހަރަކާތްތަކާއެކު ހުށަހެޅި ޑްރާމާތަކެވެ. އެ ހުށަހެޅުންތަކުން ދައްކައިދިނީ ދިވެހިރާއްޖޭގެ މިނިވަންކަމުގެ ވާހަކަ އެވެ. އެގޮތުން ބުދު ދީނުގައި ދިވެހިން ތިބުމަށްފަހު، އިސްލާމްވި ހާދިސާ ތަމްސީލުވާ ރަންނަމާރީގެ ހާދިސާ ވެސް ޑްރާމާތަކުން ފެނިގެން ދިޔަ އެވެ. އަދި ދިވެހިން އަޅުވެތިކުރަން ބޭރުގެ ފަރާތްތަކުން ކުރި މަސައްކަތްތަކާއި ރާއްޖެ އަޅުވެތިކުރި ބޮޑެތި ބާރުތަކާ ދެކޮޅަށް ދިވެހިން ކުރި ޖިހާދު ވެސް ފެނިގެންދިޔަ އެވެ. އެގޮތުން ދޮންބަންޑާރައިންގެ ޖިހާދާއި ބޮޑުތަކުރުފާނުގެ ޖިހާދާއި ނޮވެމްބަރު 3 ހާދިސާ ތަމްސީލުވާފަދަ މަންޒަރުތަކެއް ފެނިގެންދިޔަ އެވެ.

    ޕްރޮޖެކްޝަން ބޭނުންކޮށްގެން ދަނޑުގެ ވިނަގަނޑުމަތީގައި އަޅާފައިވާ ޕިޗުގެ މައްޗަށް އެކި މަންޒަރުތައް ދައްކަމުން ދަނިކޮށް، 3500 ފޫޓްމަތިން ތިން ދިވެއްސަކު ވަނީ ވައިކުނޑައިގައި ދަނޑަށް ތިރިކޮށްފަ އެވެ. ރައްކާތެރިކަމާއެކު ގައުމީ ދިދަ ހިފައިގެން ދަނޑަށް ތިރިކުރީ ސިފައިންގެ ދެ މީހަކާއި ފުލުހެވެ. ރައީސް ޔާމީން ވަނީ އެ ތިން ބޭފުޅުންނަށް ހިތްވަރު ދެއްވައި އަތްތިލަބަޑި ޖައްސަވާފަ އެވެ.

    ބާރަ ހާސް މީހުން ދަނޑަށް ވަދެ، ކުޅިބަލަން ތިބި ހަރަކާތް ނިންމާލީ ހަވާ އެރުވުމަކުންނެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ހަވާ އެރުވުން ކުރިއަށްދިޔައިރު، ރާޅުގަނޑާއި އިއްޒުއްދީން ފާލަމުން ވެސް ހަވާ އެރުވި އެވެ.

    23:57

    ހެވިކަމުގެ ހަރަކާތް ބައްލަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބލުން ދަނޑުން ވަޑައިގެންފި. އެމަނިކުފާނު ދަނޑުން ވަޑައިގެންނެވިއިރު، ކުޅިވަރުގެ ހަރަކާތްތަކުގައި ބައިވެރިވި ބައެއް ކުދިންނާ ރައީސް ސަލާމް ކުރެއްވި.

    23:56

    ހެވިކަމުގެ ހަރަކާތް ނިންމާލުމަށްފަހު މިހާރު ކުރިއަށްދަނީ ހަވާ އެރުވުން. ގައުމީ ފުޓްބޯޅަ ދަނޑުގައި ހަވާ އެރުވުން ކުރިއަށްދާއިރު، މާލޭގެ އިތުރު ދެ ސަރަހައްދެއްގައި ހަވާ އަރުވަމުންދޭ. އެއީ ރާޅުގަނޑު ސަރަހައްދާއި އިއްޒުއްދީން ފާލަން ސަރަހައްދުން.

    23:35

    މިހާރު ފެނިގެން ދަނީ ބޮޑުބެރުގެ ހަރަކާތެއް. އެ ހަރަކާރުގައި 150 އަށް ވުރެ ގިނަ ބެރުވެރިންގެ ހުނަރު ފެނިގެންދޭ.

    23:32

    ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާ ސިފަކޮށްދޭން ހުށަހެޅުމެއް އެމްއެންޑީއެފުން ހުށަހަޅައިދީފި. އެ ހުށަހެޅުމުގައި ފެނިގެންދިޔައީ އެ ދުވަހު ޝަހީދުވެގެން ދިޔަ މަތިވެރި ފަހުލަވާނުންގެ ހިތްވަރާއި ހިތްވަރާއި ނުކުޑާފަދަ އަޒުމް.

    23:29

    ސްކޫލް ދަރިވަރުންނާއި ސިފައިންނާއި ބައެއް އޮފީސްތަކުގެ މުވައްޒަފުން ބައިވެރިވެގެން މިހާރު ކުރިއަށްދާ ޑްރިލްއިން ފެންނަނީ ރާއްޖޭގެ ތާރީހުގައި ހިނގައިދިޔަ މުހިއްމު ކަންތައް. އެގޮތުންް ރަންނަމާރީގެ ހާދިސާ އާއި ޕޯޗުކީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރުމަށް މުހައްމަދު ތަކުރުފާނު ކުރެއްވި ޖިހާދު ފެނިގެންދިޔަ.

    ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދިޔަ ކުޅިވަރުގެ ހަރަކާތްތައް-- ސަން ފޮޓޯ/ އަލީ ނަސީރު

    22:54

    ވައި ފީނާ މީހުން ވައި ކުޑައިގައި ދަނޑަށް ތިރިކޮށްފި. ދަނޑަށް ތިރި ކުރީ ދެ ސިފައިންނާއި އެއް ފުލުހެއް. އެ މީހުން ވަނީ ދަނޑަށް ތިރި ކުރުމަށްފަހު ރައީސް ޔާމީނަށް ސެލިއުކޮށްފައި.

    ވައި ފީނާ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ރައީސް ޔާމީން ވަނީ އަތްތިލަ ޖައްސަވާފައި. އަދި ދަނޑަށް އެއްވެ ތިބި މީހުން ވަނީ ކޮޅަށް ތެދުވެ، އެ މީހުންގެ ހިތްވަރަށް ސާބަސް ދީފައި.

    ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ ހެވިކަމުގެ ހަރަކާތުގެ ތެރެއިން-- ސަން ފޮޓޯ/ އަލީ ނަސީރު

    22:20

    ގައުމީ ދިފާއީ ބާރުގެ ސައިލަންޑް ޑްރިލްއަކީ އަސްކަރީ ސިފަވަންތަކަމާއި ޕްރޮފެޝަނަލިޒަމާއި ސަފުތަކުގެ ބަދަހިކަމާއި އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މަތިވެރި ރޫހު އެންމެ ރަނގަޅަށް ރަމްޒުކޮށްދޭ ޑްރިލްއެއް. މެހިތަރުގެ އެއްވެސް ކޮމާންޑެއް ނެތި ސައިލެންޑް ޑްރިލް ގެމައިގެ މެމްބަރުން، އެންމެން އެއްކޮށް ހެވިކަމުގެ އެކިއެކި ހަރަކާތްތައް ދައްކުވައިދިން.

    މީގެ އިތުރުން ބޭންޑުގެ ހާއްސަ ދައްކާލުމެއް ވެސް މީގެ ތެރެއިން ފެނިގެން ދިޔަ.

    22:15

    މިހާރު ހުށަހަޅައި ދެނީ ލަވައެއް. ލަވައިގެ ނަމަކީ "މިނިވަން ވަޔާ ކުޅެލާ"

    21:37

    މިހާރު ކުރިއަށް ދަނީ މިއުޒިކަލް ޑްރިލްއެއް. އޭގެއިން ދައްކައި ދެނީ ރާއްޖެގެ ތާރީހު. ދެހާހަށް ވުރެ ގިނަ ސްކޫލް ދަރިވަރުން ބައިވެރިވެގެން ކުރިއަށްދާ އެ ޑްރިލްގައި ފެނިގެން ދަނީ ބޭރުގެ ނުފޫޒު ގަދަ ބާރުތަކުން ރާއްޖެއަށް ކުރިން އަތްގަދަ ކުރި މަންޒަރު.

    21:21

    މިހާރު ކުރިއަށްދަނީ ގައުމީ ލަވައެއް. އެ ލަވަޔަކީ "ޖޯޝޭ ގެނައި މީ ގައުމީ އުފާ"

    21:15

    ހެވިކަމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ރައީސް އިޒުނަ ދެއްވުމުން، ލަޝްކަރުތައް މާޗުކޮށްފައި ހިނގައްޖެ. ލަޝްކަރުތަކުގައި ހިމެނެނީ ދިވެހި ސިފައިންނާއި ފުލުހުންނާއި ކަރެކްޝަނަލް ސާވިސް އާއި ސްކޫލްތަކުގެ ކެޑޭޓުން. އެގޮތުން އެ ލަޝްކަރުގައި ސިފައިންގެ 300 މީހުންނާއި ކެޑޭޓުންގެ ގޮތުގައި 300 ދަރިވަރުން ބައިވެރިވި.

    މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޕްރިޒަން އޮފިސަރުން --- ސަން ފޮޓޯ: އަލީ ނަސީރު
    20:53ފާތިމަތު ސައީދު

    ހެވިކަމުގެ ކުޅިވަރުތައް ގައުމީ ފުޓްބޯޅަ ދަނޑުގައި ފެށިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދަނޑަށް ވަޑައިގަތުމުން. ކުޅިވަރުތައް ބެލުމަށްޓަކައި 12،000 ވުރެ ގިނަ މީހުން ވަނީ ދަނޑަށް ވަދެފައި.

    ގަލޮޅު ދަނޑުގައި ކުރިއަށްދާ ހެވިކަމުގެ ހަރަކާތްތަކުގެ ތެރެއިން-- ސަން ފޮޓޯ/ އަހުމަދު މުޖުތަބާ
    ގަލޮޅު ދަނޑުގައި ކުރިއަށްދާ ހެވިކަމުގެ ހަރަކާތްތަކުގެ ތެރެއިން-- ސަން ފޮޓޯ/ އަހުމަދު މުޖުތަބާ
    ގަލޮޅު ދަނޑުގައި ކުރިއަށްދާ ހެވިކަމުގެ ހަރަކާތްތަކުގެ ތެރެއިން-- ސަން ފޮޓޯ/ އަހުމަދު މުޖުތަބާ