އެންމެ ފަހުގެ ޗެމްޕިއަން އަދި ބައިބަލާ މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ބީޖީ ސްޕޯޓްސް މުބާރާތުން ކަޓައި ބައިބަލާ މުބާރާތުގެ ކުއާޓާ ފައިނަލަށް ޓީމްތައް ދަތުރުކޮށްފި އެވެ.

ބައިބަލާ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްދާ ބައިބަލާ މުބާރާތުގެ ގަދަ 16 އިން މުބާރާތް ދިހަ ފަހަރު ކާމިޔަބުކޮށްފައިވާ ބީޖީ މުބާރާތުން ކެޓީ ހިޓާޗީ ކުޑަ ހެންވޭރު ޔުނައިޓަޑް އަތުން ބަލިވެގެންނެވެ.

މުބާރަތުގެ ގަދަ 16ގެ މެޗްތައް ރޭ ނިމިފައިވާ އިރު ހިޓާޗީ ކުޑަ ހެންވޭރު ޔުނައިޓަޑްގެ އިތުރުން ދެން ކްއާޓާ ފައިނަލަށް ދަތުރު ކުރީ ކުލަބު ޒެފްރޯލްއާއި އޮހާ ސްޕޯޓްސް ކުލަބާއި ކްލަބު ސީކޭއާއި އީގަލްސް އިން ތިރީ ޑީއާއި ކުލަބު ގްރީން ސްޓްރީޓާއި ލޮރެންޒޯ ސްޕޯޓްސް ކުލަބު އަދި އެލްޓީ ސްޕޯޓްސް އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލް މެޗްތައް ކުޅެން ހަމަޖެހިފައި ވަނީ މަދަމާ ރޭގަ އެވެ. ކުޅުން އޮންނާނީ އަލިމަސް ކަނިވަލް ސަރހައްދާއި އާޓީފިޝަލް ބީޗް ސަރަހައްދާއި ދެމެދު ހަދާފައިވާ ބައިބަލާ ކޯޓްގަ އެވެ.