31 Jul 2015, 14:35
އިސްލާމީ މަރުކަޒުގެ ބޭރުގައި ނަމާދު ކުރާ ސަރަހައްދު ބޮޑު ކުރުމުގެ މަސައްކަތް މިއަދު ފައްޓަވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިސްލާމީ މަރުކަޒު ބޭރުގައި ނަމާދު ކުރާ ސަރަހައްދު ބޮޑު ކުރުމުގެ ޕްރޮޖެކްޓެއް އިސްލާމިކް މިނިސްޓްރީއާ ގުޅިގެން މިއަދު ކުރިއަށް ގެންދަވާނެ ކަމަށެވެ. އިސްލާމީ މަރުކަޒުގެ ބޭރުގައި ނަމާދު ކުރާ ސަރަހައްދު ބޮޑު ކުރަނީ، އެ މަރުކަޒުގެ ކޮން ދިމާލަކުން ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
Islaamee markaz miskithun beyruga namaadhu kurevey sarahahdhu bodu kurumuge project eh Islamic Ministry aa gulhigen miadhu fesheyne IA (1/2)
— Dr.Mohamed Muizzu (@MMuizzu)July 31, 2015
ހުކުރު ނަމާދާއި އީދު ނަމާދު ނަމާދު ފަދަ ބޮޑެތި ޖަމައަތްތަކުގައި އިސްލާމީ މަރުކަޒުގައި ނަމާދު ކުރާއިރު، މިސްކިތް އޮންނަނީ ފުރިފަ އެވެ. އަދި މިސްކިތުގެ ބޭރުގައި މީހުން ތޮއްޖެހި، ޖުމްހޫރީ މައިދާން ތެރޭގައި ވެސް އެފަދަ ނަމާދުތައް ޖަމާއަތުގައި ކުރެ އެވެ.
މުއިއްޒު ވިދާޅުވީ އެ މަޝްރޫއުގެ ތަފްސީލު ވަރަށް އަވަހަށް މީޑިއާއާ ހިއްސާ ކުރައްވާނެ ކަމަށެވެ.