31 Jul 2015, 14:56
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އިންޑިއާގެ މައި ހަބަކީ ތެލަންގާނާ ކަމަށް އިންޑިއާގެ ޑްރަގް ކޮންޓްރޯލް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރު އަކުން ސަބަރުވާލް ވިދާޅުވެއްޖެ އެވެ.
މަސްތުވާތެކެއްޗާ ބެހޭ ގޮތުން ކުރި ސާވޭއެއްގެ ނަތީޖާ އިންޑިއާގެ ނޫހެއް ކަމަށްވާ ހެންސް އިންޑިއާ އާއި ހިއްސާކުރަމުން ސަބަރުވާލް ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުރިން ހައިދަރު އާބާދުން ކޮޗިންއަށް އަދި ޓިއުޓިކޮރިން އަދި ޓްރިވެންޑްރަމްއަށް ވެސް އެތަކެތި ގެންދާ ކަމަށެވެ.
ސަބަރުވާލް ވިދާޅުވީ ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެ ކުރަނީ ކަނޑުމަގުން ކަމަށާއި އަދި ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެ ކުރާ ގައުމުތަކުގެ ތެރެގައި މިއަންމާ، ތައިލެންޑް، އަފްޣާނިސްތާން، ވިއެޓްނާމް، ލާއޮސް އަދި ޕާކިސްތާން ހިމެނޭ ކަމަށް ސަބަރުވާލް ވިދާޅުވި އެވެ.
ޓޭލަންގާގެ ނާކޮޓިސް ކޮންޓްރޯލް ބޯޑުން ބުނެފައި ވަނީ ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައީ ކެނެބިސް ކަމަށާއި އެއީ 34 އިންސައްތަ ކަމަށެވެ.