ކުޅުނު މެޗް ލަނޑެއް ނުޖެހި އެއްވަރުވެ ޕެނަލްޓީ ޖަހައިގެން 10-9 ގެނަތީޖާއަކުން ވަދަވެރި އޭސީ މިލާން ބަލިކޮށް ރެއާލް މެޑްރިޑުން ޗައިނާގެ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕް ކާމިޔަބުކޮށް އެ ޓިމްގެ އޭޝިއާގެ ފްރީ ސީޒަން ޓްއާ ނިންމަލައިފި އެވެ.

މެޗްގައި ޕެނަލްޓީގައި ރެއާލް ޓޯނީ ކްރޫޒް ޖެހި ޕެނަލްޓީ އޭސީ މިލާންގެ ޒުވާން ގޯލް ކީޕަރު އުމުރުން 16 އަހަރުގެ އެންޓޯނިއޯ ޑޮނަރޫމާ ވަނީ ދިފާއު ކޮށްފައިވާއިރު ޑޮނަރޫމާ އާއި ބޮޑު އަގުގައި ސެވިއްޔާއިން އޭސި މިލާނަށް ގެނައި ކާލޯސް ބާކަ ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފަ އެވެ.

ޑޮނަރޫމާ ޖެހި ޕެނަލްޓީ ދިފައުކޮށް ރެއާލްގެ 10 ވަނަ ޕެނަލްޓީ ކާމިޔާބު ކުރި މިދިޔަ ހަފުތާގައި ސެވިއްޔާއިން ރެއާލްއަށް އެނބުރި އައި ގޯލްކީޕަރު ކިކޯ ކަސިއްޔާ އެވެ.

މިއަދު ހަވީރު ޝަންހާއީ ސްޓޭޑިއަމްގައި ކުޅުނު މެޗްގެ ގިނަ ވަގުތު ރެއާލުން ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު އޭސީ މިލާންއިން ވަނީ ރެއާލުން އުފައްދަން މަސައަކަތް ކުރި ގިނަ ހަމަލާތަކެއް ހުއްޓުވާފަ އެވެ.

މެޗްގެ ފުރަތަމަ ހާފުގައި އޭސީ މިލަންގެ ގޯލް ބެލެހެއްޓި ކުރިން ރެއާލްއަށް ކުޅުނު ޑިއޭގޯ ލޯޕޭޒް ވަނީ ރެއާލް ދޫކޮށް ދިޔަ ފަހުން ފުރަތަމަ ފަހަރަށް އެ ޓީމާ ދެކޮޅަށް ކުޅެފަ އެވެ. އަދި އޭނާ ވަނީ ފުރަތަމަ ހާފުގައި ރޮނަލްޑޯ ފޮނުވާލި ނުރައްކާ ބޯޅައެއް ވެސް ހުށިޔާރު ކަމާއެކު ދިފައުކޮށްފަ އެވެ.

އެ މެޗާއެކު ރެއާލުން އޭޝިއާ ޓްއާ ރަސްމީކޮށް ނިންމާލިއިރު އެޓީމުން މިދިޔަ އެއް ހަފުތާތެރޭގައި ދެ ގައުމެއްގައި ބޭއްވި ފްރީސިޒަން ތްއާގެ ޗެމްޕިއަން ޝިޕް ކާމިޔަބުކޮށްފައެވެ. އެއީ ޗައިނާގެ އިތުރުން އޮސްޓޭރޭލިއާ އެވެ. އޮސްޓްރޭލިއަގެ ޓްއާ އެ ތީމުން ކާމިޔަބު ކުރީ 4-1 ނަތީޖާއަކުން އިނގިރޭސި ގަދަ ބާރު މެންޗެސްޓާ ސިޓީ ބަލި ކުރުމަށްފަހު އެވެ.

ފްރީ ސީޒަން ޓްއަގެ ޗެމްޕިއަންޝިޕްތަކަކީ ޔޫރަޕްގެ ލީގްތަކުގެ އޮފްސީޒަން ތަކުގައި އެގައުމު ތަކުގެ ފުޓްބޯލް އެސޯސިއޭޝަން ތަކުން އެ ގައުމުތަކުގައި ފުޓްބޯޅައިގެ ފޯރި ގަދަ ކުރުމަށްޓަކައި ޔޫރަޕްގެ ބޮޑެތި ލީގް ތަކުގެ ކުލަބު ތަކަށް ދައުވަތު ދިގެން ބާއްވަ މިނީ މުބާރާތެކެކެވެ.