30 Jul 2015, 15:44
ކުރިން މާލޭ ސިޓީ ކައުންސިލް ހިންގި އިމާރާތް ކަމުގައިވާ ގ. ބިއްލޫރިޖެހިގެއަށް މޯލްޑިވްސް މީޑިއާ ކައުންސިލް(އެމްއެމްސީ) އިން ބަދަލުވެއްޖެއެވެ.
އެމްއެމްސީއިން ބިއްލޫރި ޖެހިގޭއަށް އެކައުންސިލްގެ މަސައްކަތްތައް މިހާރު ބަދަލުކޮށްފައިވާއިރު އެކައުންސިލްއިން މިއަދު ބުނީ ދެން އެކައުންސިލުން ޚިދުމަތް ދެމުންދާނީ އެއިމާރާތުން ކަމަށެވެ.
މީޑިއާ ކައުންސިލް ހިންގަމުންދަނީ އެއިމާރާތުގެ ދެ ވަނަ ފަންގިފިލާގެ އިރުމަތީ ފަރާތުގައެވެ.
މީޑިއާ ކައުންސިލްއަކީ ރާއްޖޭގެ ޕްރިންޓް މީޑިއާ ރެގިއުލޭޓް ކުރުމަށް 15 މެމްބަރުންގެ މައްޗަށް އެކުލެވޭގޮތަށް އިންތިޚާބުކޮށްފައިވާ ކައުންސިލެކެވެ. އިދާރީ މުވައްޒަފުންގެ ގޮތުގައި 14 މުވައްޒަފުން އެކައުންސިލްގައި މަސައްކަތް ކުރެއެވެ.
އެމްއެމްސީގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަން ހިންގާ އިމާރާތް ވެސް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ބިއްލޫރިޖެހިގޭގައި ހިންގަމުން ދިޔަ މާލޭ ސިޓީ ކައުންސިލްގެ އިދާރާ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވަނީ ހުރަވީ ބިލްޑިންގ އަށް ބަދަލުކޮށްފައެވެ.