30 Jul 2015, 17:20
ރާއާލް މެޑްރިޑްގެ ޑިފެންޑާ ސާޖިއޯ ރާމޯސް 2020 ވަނަ އަހަރާއި ހަމަޔަށް އެޓީމްގައި ދެމިހުރުމަށް އެއްބަސްވެ އޭނާގެ ކޮންޓްރެކްޓް އާކޮށްފި ކަމަށް ސްޕެއިންގެ މީީޑިއާ ރިޕޯޓްތަކުން ބުނެ އެވެ.
އޯގަސްޓްގައި ފަށާ އާސިޒަންގައި ރެއާލްގެ ކެޕްޓަން ބޭންޑް އަޅާ ރާމޯސް ރެއާލްއާއެކު ހެދި އާ އެއްބަސްވުމުގެ ދަށުން އޭނާއަށް އަހަރަކު އާންމުދަނީގެ ގޮތުގައި ޓެކްސް ފީ ނުލައި ނުވަ މިލިއަން ޔޫރޯ ލިބިގެންދާނެ އެވެ. މީގެ އިތުރުން އިތުރު ބޯނަސް ފައިދާތަކެއް ވެސް ރެއާލްއިން ރާމޯސްއަށް ހުށަހަޅުމަށް ހަމަޖެހިފައިވާ ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ސެވިއްޔާއިން 2005 ވަނަ އަހަރު ރެއާލްއާ ގުޅުނު ރާމޯސް ކުރިން ރެއާލްއާއެކު ހަދާފައިވަ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2017 ވަނަ އަހަރު އެވެ.
މިހާރު ޢުމުރުން 29 އަހަރުގެ ޑިފެންޑަރަކީ ރެއާލަށް ޔޫއެފްއާ ޗެމްޕިއަންސް ލީގު 10 ވަނަ ފަހަރަށް ކަމިޔާބުކޮށް ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާއެ އެވެ.
ސްޕެއިންގެ ކުޅިވަރު ނޫސް މާސާއިން ބުނީ ރެއާލުން އަދި މިހާތަނަށް ރާމޯސްގެ ކޮންޓްރެކްޓްގެ މުއްދަތު އާ ކުރި ކަމަށް އިއުލާން ނުކުރި ނަމަވެސް ރޯމާސް ކޮންޓްރެކްޓް އަކުރިކަން ކަށަވަރުވެފައިވާ ކަމަށެވެ.
ރާމޯސް ރެއަލްގެ ކޮންޓރެކްތްގައި ސޮއިކޮށްފައިވާއިރު އޭނާ ހޯދަން މެންޗެސްޓަ ޔުނަިޓަޑުން ވަނީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް ރެއާލްއިން ބުނީ އޭނާއަކީ ވިއްކާ ކުޅުންތެރިޔެއް ނޫން ކަމަށެވެ.
އެގޮތުން އޭނާ ވަނީ މިދިޔަ އަހަރު ކުޅުނު ފައިނަލް މެޗްގައި 1-0ގެ ނަތީޖާއަކުން އެތުލެޓިކޯ މެޑްރިޑް އަތުން ރެއާލް ބަލިވަން ދަނިކޮށް މެޗްގެ އެންމެ ފަހުވަގުތުގައި ލަނޑުޖަހައި ރެއާލްއަށް މުބާރާތް ކަމިޔާބު ކުރުމަށް ދޮރު ހުޅުވާލަދިން ކުޅުންތެރިޔާ އެވެ.