30 Jul 2015, 15:07
އިންޑިއާ ކަނޑުގައިވާ ފްރާންސްގެ ޖަޒީރާއެއް ކަމަށްވާ ރިޔޫނިއަން އިން ފެނުނު ފިޔަގަނޑަކީ ބޯއިން 777 މަރުކާގެ ބޯޓެއްގެ ބައެއްކަން ގާތްގަނޑަކަށް ކަށަވަރު ވެއްޖެ އެވެ.
އޭވިއޭޝަނާ ބެހޭ މައުލޫމާތު ފަތުރަމުން އަންނައެއާ ލައިވްނެޓުން މިއަދު ބުނީ ރިޔޫނިއަން އިން ފެނުނު ފިޔަގަނޑުގައި ލިޔެފައިވާ މެއިންޓެނެންސް މެނުއަލް ކޯޑަކީ ބޯއިން 777ގެ ބޯޓުތަކުގައި ހުންނަ ކޯޑެއް ކަމަށެވެ.
UPDATE Boeing 777 maintenance manual can be read onhttp://t.co/MlhHe6Px4F(look page 235)#MH370pic.twitter.com/Wd8MmzQhNu
— AirLive.net (@airlivenet)July 30, 2015
ފިޔަގަނޑުގައި އެ ކޯޑް ހުރުމާއި އެ ފިޔަގަނޑު އަހަރެއްހާ ދުވަހު ކަނޑުގައި އޮޔާ ގޮސްފައިވާކަން އެނގޭތީ އެއީ މީގެ އެއް އަހަރު ކުރިން ގެއްލުނު އެމްއެޗް370 ގެ ފިޔަގަނޑެއް ކަމަށް މިހާރު ވަނީ ވަރަށް ބޮޑަށް ބެލެވިފަ އެވެ.
ރިޔޫނިއަންގެ ގޮނޑުދޮށަށް ލެއްގި އެ ފިޔަގަނޑާއި އެ ފިޔަގަނޑުގެ ކައިރީގައި އޮތް ސޫޓްކޭހެއްގެ ބައެއް ފްރާންސްގެ މާހިރުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.
ރިޔޫނިއަންގެ ގޮނޑުދޮށަށް ލެއްގި ފިޔަގަނޑުގެ ކައިރީގައި އޮތް ސޫޓްކޭސް ---
މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ އަހަރުގެ މާޗް މަހުގެ އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގެ ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.