19:00


އެޓޯލް އިންޓަސްކޫލް އެތްލެޓިކްސް މުބާރާތް ސެވަންސީޒް ބްރޭންޑް ނަމުގައި އެސްޓީއޯ އިން ސްޕޮންސާކޮށްފި  އެވެ. 


އެތުލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ފުވައްމުލަކުގައި ބާއްވާ އަތޮޅުތަކުގެ 15 ވަނަ އެޓޯލް އިންޓަސްކޫލް އެސްޓީއޯ އިން ސްޕޮންސަރ ކުރުމަށް މިއަދު އެސްޓީއޯގައި މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓިއޯގެ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ ވިދާޅުވީ ކުޅިވަރު މުބާރާތެއް އެ ކުންފުނިން ސްޕޮންސަރކުރުމުގެ ބޭނުމަކީ އިޖުތިމާއީ ފައިދާއަށްޓަކާ އެ ކުންފުނިން ދުރާލައި ވިސްނައިގެން ކުރާ ކަމެއް ކަމަށެވެ. އަދި ކުޅިވަރު މުބާރާތްތައް ސްޕޮންސަރކުރުމުގެ ސަބަބުން ފަސޭހަކަމާ އެކު ކުންފުނީގެ ޕްރޮޑަކްޓްތައް އިސްތިހާރުކުރެވޭ ކަމަށާއި އަދި އަތޮޅު ތެރޭގައި ބާއްވާ އެފަދަ މުބާރާތެއްގެ ސަބަބުން ކުންފުނިގެ ޕްރޮޑަކްޓްތައް އިތުރަށް އިސްތިހާރު ވެގެންދާނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.


އެސްޓިއޯ ސެވަންސީޒް ބްރޭންޑް އެތްލެޓިކްސް މުބާރާތް ނަމުގައި ސްޕޮންސާކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް އެތުލެޓިކްސް އެސޯސިއޭޝަނުން ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް މައިޒާން އަލި މަނިކު އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ އެވެ.