ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ދިނުމުގެ ގޮތުން ދިރާގުން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިރާގުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މާކެޓިން ޕަބްލިކް ރިލޭޝަންސްގެ އެސިސްޓަންޓް މެނޭޖަރު އިބްރާހިމް އިމްޖާދު ޖަލީލު ވިދާޅުވީ، މިފަހަރުވެސް ރާއްޖޭގެ ނުވަ ސަރަހައްދަކުން ދިރާގުގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ވިދާޅުވިއެވެ.

އެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ޝަރުތަކީ އޭލެވެލްގެ ތިން މާއްދާއިން ފާސްވެފައިވާ 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކަށް ވުމެވެ. ޝަރުތު ހަމަވާ އަދި ޝައުގުވެރިވާ ފަރާތްތަކުން[email protected]އަށް މެއިލް ކުރުމުން ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

އެ ޕްރޮގްރާމުގެ ތަފްސީލް ދެއްވަމުން ދިރާގުގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންގެ އެސިސްޓަންޓް މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވި ގޮތުގައި އެއް އަހަރު ދުވަހަށް ކުރިއަށްގެންދާ އެ ޕްރޮގްރާމުގައި ތަފާތު އެކި ދާއިރާތަކުން މަސައްކަތް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ފުރަތަމަ އަހަރު ފުރިހަމަ ކުރުމަށް ފަހު ހޯދާ ނަތީޖާއަކަށް ބަލައި ދެވަނަ އަހަރަކަށް ފުރުސަތު ދެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ފުރުސަތު ހުޅުވާލާފައިވާ ދާއިރާތައް:

  • ދިރާގު ޖެނެރަލް އެޑްމިނިސްޓުރޭޝަން
  • މާކެޓިން
  • ފައިނޭންސް
  • ޕްރޮކިއުމަންޓް އެންޑް ސްޓޯސް
  • ސޭލްސް
  • ޓްރާންސްޕޯޓް
  • ކަސްޓަމާ ސާވިސަސް
  • ކޯލް ސެންޓާ އަދި އިންޖީނިއަރިން ޑިޕާޓްމަންޓް

ދިރާގުން ހިންގާ އެ ޕުރޮގުރާމުގައި ދަސްކޮށްދޭ ކަންކަން:

  • އެޑްމިނިސްޓްރޭޝަން ސްކިލްސް
  • ކޮމިއުކިނޭޝަން ސްކިލްސް
  • ރައިޓިން އެންޑް ޕްރޮޖެންޓޭޝަން ސްކިލް
  • މައިކްރޯސޮފްޓް އޮފީސް ސްފްޓްވެއާ ޔުޓިލައިޒޭޝަން
  • ކަސްޓަމާ ސާވިސް
  • ޓައިމް މެންޖްމަންޓް އެންޑް ޖޮބްޕްރިޕެރޭޝަބް

އޭގެ އިތުރުން މި ޕްރޮގްރާމްގައި ސޮފްޓް ސްކިލް ޓްރެއިނިން ސެޝަންތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް ބިޝާރާ ވިދާޅުވި އެވެ.

އެގޮތުން:

  • އެޑްމިނިސްޓްރޭޝަން ސްކިލްސް
  • ކޮމިއުނިކޭޝަން ސްކިލްސް
  • ރައިޓިން އެންޑް ޕްރެޒެންޓޭޝަން ސްކިލްސް
  • މައިކްރޮސޮފްޓް އޮފީސް ސޮފްޓްވެއާ ޔުޓިލައިޒޭޝަން
  • ކަސްޓަމާ ސާވިސް
  • ޓައިމް މެނޭޖްމަންޓް އެންޑް ޖޮބް ޕްރޮޕެރޭޝަން އަދި

ސީވީ ރައިޓިން ސްކިލްސް ހިމެނެ އެވެ.

އެ ޕްރޮގްރާމް ކުރިއަށްދާ އިރު ދިރާގުގެ އެހެން މުވައްޒަފުންނޭ އެއްގޮތަށް މުސާރަ އާއި އެލަވަންސް ތައް ދޭއިރު ރަނގަޅު ކުދިންނަށް ދާއިމީ ވަޒީފާ ދިނުމަށްވެސް ދިރާގުން ވަނީ ނިންމާފައެވެ.