އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރާ ދިވެހި ކޮންޓިންޖެންޓްގެ ދިދަ އުފުލުމުގެ ޝަރަފު، ދެކުނު އޭޝިޔާގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާއިދަށް ލިބިއްޖެއެވެ.

ދިދަ އުފުލުމުގެ ޝަރަފު ސާއިދަށް ލިބުނީ އޮލިމްޕިކް ކޮމިޓީން އެސްއެމްއެސް މެދުވެރިކޮށް ރާއްޖޭގެ ދިދަ ހޯލްޑް ކުރާނެ ކުޅުންތެރިޔަކު ހޮވުމަށް އާންމުނަށް ހުޅުވާލި ފުރުސަތުގައި ހަތް އެތުލީޓަކާ ވާދަކޮށެވެ.

ޝަރަފްގެ ދިދަ ސާއިދުއާ ހަވާލުކޮށްދެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔަމީންއެވެ.

އޮލިމްޕިކް ކޮމިޓީން އެކުލަވައިލި ލިސްޓްގައި ސާއިދުގެ އިތުރުން ދެން ހިމެނެނީ ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމްގެ ކެޕްޓަން ފަދުވާ ޒާހިރާއި ބެޑްމިންޓަން ކުޅުންތެރިޔާ މުޙައްމަދު އަޖުފާން ރަޝީދާއި ޓޭބަލް ޓެނިސް ކުޅުންތެރިޔާ މުއީނާ މުޙައްމަދާއި ވޮލީ ކުޅުންތެރިންޔާ އިސްމާޢިލް ސާޖިދާއި ވޮލީ ކުޅުންތެރިޔާ އާއިޝަތު މާޖިދާާއާއި ހޭންޑްބޯލް ކުޅުންތެރިޔާ ފާތިމަތު ރިޝްމާގެ އިތުން އައިއޯޖީގައި ގައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަނުކަންކުރާ އަކްރަމް ޢަބްދުލް ޣަނީީއެވެ.