ސޯޅަ އަހަރުގެ އަންހެން ކުއްޖަކާ ބަދުއަހުލީގީ އަމަލު ހިންގި މައްސަލައެއްގައި ގދ. ގައްދޫން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީީޑިއާ އޮފިޝަލް މިއަދު ސަން ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި މިދިޔަ އަންގާރަ ދުވަހު އެ ރަށުން ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެމީހާ ހައްޔަރުކޮށްފައި ވަނީ ގައްދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާއަކީ މާރާމާރީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ.

އެމީހާގެ ބަންދުގެ މުއްދަތު ޖެހުމަށް އެ އަތޮޅު ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.