29 Jul 2015, 22:35
ޅ. ނައިފަރު ޖަމްއިއްޔާއެއްކަމުގައިވާ "ނައިފަރު ޖުވެނައިލް" އިން މުޅި ޅ. އަތޮޅަށް ހުޅުވާލައިގެން ބޭއްވި ދިރާގު 'ޖުވެލް ކަޕް' ވޮލީ މުބާރަތުގެ ފައިނަލަށް ނައިފަރުގެ ދެޓީމް ކަމުގައިވާ ޖީޖީ އާއި ބޭންކް ކަންމަތި ދަތުރުކޮށްފިއެވެ.
ޖީޖީ ޓީމް ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލް ފުރަތަމަ މެޗްގައި ސީދާ ތިން ސެޓުން ބޭންކް ކަންމަތި ބަލިކުރުމަށްފަހުގައެވެ.
އެޓީމް ފައިނަލަށް ދަތުރު ކުރީ ފުރަތަމަ ސެމީ ފައިނަލުން ބަލިވި ނަމަަވެސް ގުރޫޕް ދޭއްގެ ގެ އެއްވަނަ ޓީމްގެ ގޮތުގައި އެޓީމަށް ތިން ވަނަ ސެމީފައިނަލް މެޗުން ޖާގަ ލިބުމުން ތިނަ ވަނަ ސެމީ ފައިނަލް މެޗްގައި ދެވަނަ ސެމީއިން މޮޅުވި ހިންނަވަރު ފަންނުވެރިންގެ ޖަމްއިއްޔާ ތިން ސެޓުން ބަލި ކުރުމަށްފަހުގައެވެ.
މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ މަދަމާ ރޭ 8:30 ގައި ނައިފަރު ވޮލި ކޯޓްގައެވެ.
ކުރިން ހަމައެކަނި ނައިފަރަށް ހުޅުވާލައިގެން ބާއްވަމުން ދިޔަ މުބަރާތް މިއަހަރު މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާއިރު ލ. އަތޮޅުގެ ރަށްރަށުން ހަ ޓީމް ވަނީ މުބާރަތުގައި ބައިވެރިވެފައެވެ. މުބަރާތުގެ ގުރޫޕް ސްޓޭޖް މެޗްތައްކުރިއަށް ގެންދިޔައީ ހަ ޓީމް ދެ ގުރޫޕަކަށް ބަހާލައިގެނެވެ.
މިމުބާރަތުގައި ރާއްޖޭގެ މަޝްހޫރު ބައެއް ވޮލީ ކުޅުންތެރިންނާއި އަވަށްޓެރި ގައުމުތަކުގެ ވޮލީ ޓީމްތަކުގެ ކުޅުންތެރިންވެސް ކުޅެއެވެ.