30 Jul 2015, 09:23
ގޮހޮރުގައި ހުންނަ ބެކްޓީރިއާތަކާއި ޑިޕްރެޝަން އަދި އެންޒައިޓީ ހުރުމާ ގުޅުމެއްވާ ކަމަށް ރިސާޗަރުން ބުނެފި އެވެ.
މީދަލެއް ބޭނުންކޮށްގެން ލެބޯރަޓަރީގައި ކުރި ދިރާސާކުން ބުނާ ގޮތުގައި ކުރީގައި ސްޓްރެސްގެ ސަބަބުން ދިމާވާ އެންޒައިޓީ އާއި ޑިޕްރެޝަން އަންނަނީ ހަމައެކަނި ގޮހޮރުގައި ހުންނަ މައިކްރޯބްތަކެއްގެ ސަބަބުން ކަމަށް ރިސާޗަރުން ބުންޏެވެ.
އެ ދިރާސާ އިން ސާބިތުވާ ގޮތުގައި ގޮހޮރުގައި އަބަދުވެސް ހުންނަ ބެކްޓީރިއާއަކީ ޑިޕްރެޝަން އާއި އެންޒައިޓީ އަށް މަގުފަހި ވުމުގައި ރޯލެއް އަދާކުރާ ބެކްޓީރިއާއެކެވެ.
އެ ނަތީޖާތައް އިންސާނުންނަށް މަސައްކަތް ކުރޭތޯ ނުވަތަ ނުކުރޭތޯ ބެލުމަށް އިތުރު ދިރާސާތަކެއް ކުރުމަށް ރިސާޗަރުން ވަނީ ހަމަޖައްސާފަ އެވެ.
އެންމެ ފަހުން ކުރި ދިރާސާއެއްގައި ދައްކާ ގޮތުގައި މީދާގެ ހަޔާތުގައި ސްރެސްފުލް ހާދިސާއެއް ދިމާވުމުން އޭގެ ފަހުން އެ މީދަލުގެ ހަޔާތުގައި ޑިޕްރެޝަނަށް މަގުފަހިވެ އެވެ. ސަބަބަކީ ސްޓްރެސްގެ ސަބަބުން އެ މީދަލުގެ ސްޓްރެސް ހޯމޯންތައް އާންމު ވަރަށް ވުރެ ބޮޑަށް ތަފާތު ވެގެދާތީ އެވެ. އެއާއެކު ނިއުރޯޓްރާންސްމިޓާ އެސެޓީކޯލިން ދޫކުރުމުގެ ނަތީޖާއެއްގެ ގޮތުން ގޮހޮރުގެ ޑިސްފަންގްޝަނެއް އުފެދޭ ކަމަށް ރިސާޗަރުން ބުންޏެވެ.