29 Jul 2015, 16:07
ސައިކަލެއް ވަގަށް ނެގި ދެ މީހަކު ހޯދަން ވީޑިއޯ އެއް ފުލުހުން އާންމުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އާންމުކޮށްފައިވާ ވީޑިއޯ އިން ފެންނަ ދެ މީހުންނަކީ ކޮންބައެއްކަން މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ދެނެގަނެވިފައިނުވާ ކަމަށެވެ.
އެ ވީޑިއޯ އަކީ މިދިޔަ ޖޫން މަހުގެ ހަވަނަ ދުވަހުގެ ހެނދުނު 8:30 އެހާކަންހާއިރު ސޯސަންމަގު، އިސްލާމިކް ޔުނިވާސިޓީ ކަންމަތީގައި ޕާކްކޮށްފައިހުރި ކަޅުކުލައިގެ އެއާ ބްލޭޑް ސައިކަލެއް ވަގަށް ނެގި މީހުން ހޯދަން އާންމުކޮށްފައިވާ ވީޑިއޯއެކެވެ.
އެހެންކަމުން އެ ވީޑިއޯ އިން ފެންނަނީ ކޮންބައެއްކަން އެނގޭ ފަރާތެއް ވާނަމަ ނުވަތަ އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓަލައިން 3322111 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރުއަދާކޮށްފައެވެ.