29 Jul 2015, 13:24
ގިނަ ދުވަސްތަކަކަށް ފަހު ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓެނިސް ޓީމްގެ އަމާޒަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލެއް ހޯދުންކަމަށް އެމުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓެނިސް ޓީމްގެ މެނޭޖަރު އަބްދު ރަޝީދު ބުނެފިއެވެ.
އައިއޯއައިޖީއަށް ޓީމް ވެފައިވަ ތައްޔާރީތަކާ ބެހޭގޮތުން ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަމުން ޢަބްދު ރަޝިދު ބުނީ އިންޓަނޭޝަނަލް ޓެނިސް ފެޑްރޭޝަން މެދުވެރިކޮށް އައިއޯއައިޖީގައި ވާދަކުރާ ޓެނިސްޓީމްތަކުގެ ފެންވަރު ބެލުމުން ސީޝެލްސްއާއި މަޑަގަސްޖަރައިގައި ރަނގަޅު ފެންވަރަކަށް ކުޅޭކަމަށް މައުލޫމާތުދީފައިވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ޓީމުން ގެންދިޔަ ފަރިތަކުރުންތަކާ ބަލާފައި މެޑަލެއް ހާސިލު ކުރުމަށް އުންމީދު ކުރާ ކަމަށް އޭނާ ބުންޏެވެ.
"ހަގީގަތުގައި އަޅުގަނޑުމެންނަކަށް ނޭނގެ އައިއޯއައިޖީގައި ވަދަކުރާ ޓީމްތަކުގެ ފެންވަރެއް. ނަމަވެސް އިންޓަނޭޝަނަލް ޓެނިސް ފެޑްރޭޝަން މެދުވެރިކޮށް ބެލިބެލުމުން އެނގުނީ މަޑަގަސްކަރައާއި ޝީޝެލްގައި ރަނގަޅު ފެންވަރަކަށް ކުޅޭކަން އެނގުނު. ނަމަވެސް ރާއްޖޭގެ ޓީމުން ކުރިއަށް ގެންދިޔަ ފަރިތަކުންތަކަށް ބަލާފައި އަޅުގަނޑުމެންގެ އަމަޒަކީ ބްރޯންޒް މެޑަލެއް ނަމަވެސް ހޯދުން،" ޢަބްދުރަޝިދު ބުންޏެވެ.
ޓެނިސް ޓީމްގައި ހިމެނޭ ސީނިއާ ކުޅުންތެރިއެއް ކަމުގައިވާ އަލީ ފާރިޝް ބުނީ ލަންކާއަކީ އިންޑިއާ ނެގުމަށްފަހު ޓެނިހުގައި ސަރަހައްދުގެ އެންމެ ވަރުގަދަ ގައުމު ކަމަށެވެ. އަދި ލަންކަގައި ލިބުނު ފަރިތަކުރުންތަކުންނާއި އައިއޯއައިޖީގައި ވާދަކުރާ ޓީމްތަކުގެ ފެންވަރަށް ބަލާއިރު ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް އޭނާ ބުންޏެވެ.
ލަންކާގައި އަޅުގަނޑުމެން ލަންކާގެ އެންމެ މޮޅު ތިން ކުޅުންތެރިން ފިޔަވައި ދެން އެންމެ މޮޅު ކުޅުންތެރިންނަ ދެކޮޅަށް ކުޅުން ޑޭވިސްކަޕްގައި ލެބަނަން ޓީމް ބަލިކުރި ޓީމާ ދެކޮޅާށް ކުޅެ ސެޓެއް ނަމަވެސް ކާމިޔާބު ކުރުމަކީ ދިވެހި ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" ފާރިޝް ބުންޏެވެ.
ޓެނިސް ޓީމްގައި ހިމެނެނީ ފިރިހެން ހަތަރު ކުޅުންތެރިންނާއި އަންހެން ދެ ކުޅުންތެރިންނެވެ.