29 Jul 2015, 11:58
ބަނގުލަދޭޝްގައި ހުންނަ ދިވެހި ހައިކޮމިޝަން އެއްވެސް އިރެއްގައި ބަންދުކޮށްފައިނުވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ބަނގުލަދޭޝްގައި ހުންނަ ދިވެހި ހައިކޮމިޝަން ބަންދުކޮށްފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވާތީ އެކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު އަހްމަދު އަނޫޝް ސަން އަށް މިއަދު ވިދާޅުވީ ބަނގުލަދޭޝްގައި ހުންނަ ދިވެހި ހައިކޮމިޝަން އަބަދުވެސް ހުންނަނީ ހުޅުވާފައި ކަމަށެވެ.
"ސެކަންޑް ސެކްރެޓަރީ ފެންވަރުގެ ބޭފުޅަކު އަބަދުވެސް އެތަނުގައި ހުންނަވާ. ހައިކޮމިޝަން ބަންދެއް ނުކުރޭ،" ސަން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި އަނޫޝް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްވެސް އިރެއްގައި ހައިކޮމިޝަން ބަންދު ނުކުރާ ކަމަށާއި ކުރިން އެތަނުގައި ހުންނެވި ސަފީރު ރާއްޖެ ގެނައި ކަމުގައި ވިޔަސް ސެކަންޑް ސެކްރެޓަރީ ފެންވަރުގެ ބޭފުޅަކު އެތަނުގައި އަބަދު ވެސް ހުންނަވާ ކަމަށެވެ.