28 Jul 2015, 23:22
ދަސްވާރު ޕްރޮގްރާމްގެ ދަށުން ގއ. މާމެންދޫ ސްކޫލާއި ބޮނަވެޗާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެކު ދަރިވަރުން ތަމްރީން ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
ރެޒިޑެންސް މޯލްޑިވްސް ގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައި މާމެންދޫ ސްކޫލުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕްރިންސިޕަލް އާޒިމް އަބްދުﷲ އެވެ. އަދި ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރެވެ.
އެ އެއްބަސްވުމާ ބެހޭގޮތުން ސްކޫލުގެ ޕްރިންސިޕަލް އާޒިމް ސަން އަށް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން މާމެންދޫ ސްކޫލުގެ ހަ ދަރިވަރުން ރެޒިޑެންސް މޯލްޑިވްސްގައި ދެ ކޯހެއް ފުރިހަމަ ކުރާނެ ކަމަށެވެ.
މިއަދު ހަވީރު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސްކޫލުގެ ލީޑިން ޓީޗަރުންނާއި ކައުންސިލަރުންގެ އިތުރުން ރިޒޯޓުގެ ސީނިއާ މުވައްޒަފުން ބައިވެރި ބައިވެރިވެވަޑައިގަތެވެ.
ދަސްވާރު ޕްރޮގްރާމަކީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ހިންގާ ޕްރޮގްރާމެކެވެ.