28 Jul 2015, 16:51
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ސެލިންގ ޓީމްގެ އަމާޒަކީ ރަން މެޑަލް ހޯދުން ކަމަށް އެ ޓީމްގެ ކޯޗް ޙުސައިން ޢާމިލް ބުނެފިއެވެ.
އޮލިމްޕިކް ކޮމެޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޢާމިލް ބުނީ ސެއިލިންގ ޓީމް 34 ދުވަހުގެ ޓްރެއިނިންގ ކޭމެޕެއް އައިއޯއައިޖީގެ އެންމެ ފަހުގެ ޗެމްޕިއަން ޝީޝެލްސްގެ ގައުމީ ޓީމާއެކު ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.
ސީޝެލްސްގައި ކުރިއަށްގެންދިޔައީ ރަނގަޅު ޓްރޭނިން ކޭމްޕެއް ކަމަށާއު އޭގެސަބަބުން ކުޅުންތެރިނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުނު ކަމަށް އޭނާ ބުންޏެވެ.
އުންމީދު ކުރަނީ ޓީމް އިވެންޓްގެ އިތުރުން އިންޑިވިޖުއަލް އިވެންޓުތަކުން ވެސް ރަނގަޅު ކާމިޔާބީއެއް ލިބޭނެ ކަމަށް ކަމުގައި ވެސް ޢާމިލް ބުންޏެވެ.
"އަޅުގަނޑުމެނަށް ލިބުނު މައުލޫމަތުތަކުން ސީޝެލްއަކީ މިމުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމް. އެގައުމުގައި ކުރިއަށް ގެންދިޔަ ޓްރޭނިން ކޭމްޕްގައި ކޮންމެ ހޮނިހިރު ދުވަހަކު އެގައުމުގެ ގައުމީ ޓީމާ ދެކޮަޅަށް ރޭހެއް ކުރިއަށް ގެންދިޔަ. އެހެންވެ އަޅުގަނޑުމެންނަށް ލިބުނު ޕްރެކްޓިސްއާއި ކުރިއެރުންތަކަށް ބަލާފައި ރަނގަޅު ކަމިޔާބަކަށް މިއުންމީދު ކުރަނީ،" ޢާމިލް ބުންޏެވެ.
އައިއޯއައިޖީގައި ވާދަކުރާ މުނާ އައްބާސް ބުނީ ސީޝެލްސްގައި އިންޓަނޭޝަނަލް ކޯޗެއްގެ ފަރާތުންވެސް ތަމްރީންތައް ލިބިގެން ދިޔަކަށާއި ލިބުނު ޓްރޭނިންގ ތަކުން ރަނގަޅު ކަމިޔާބަކަށް ވަރަށް ބޮޑަށް އުންމީދު ކުރާކަމަށެވެ.
ޓީމްގައި ހިމެނޭ އެހެން ކުޅުންތެރިޔެއްކަމުގައިވަ އަޙްމަދު ޙުޝާމް ބުނީ ރާއްޖޭގައި ކެތަމަރާން ޓްރޭނިންގތައް ކުރިއަށް ގެންގޮސްފައިވުމުން ސީޝެލްސްގައި ސެއިލިންގ އިވެންޓުތައް ކުރިއަށް ގެންދިއުމަށް ވަރަށް ފަސޭހަވިކަމަށާއި ރަންމެޑަލަކަށް އުންމިދު ކުރަނީ ލިބުނު ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އައިއޯއަިޖީއަށް ސެއިލިންގ ޓީމް ހޮވާފައިވަނީވެސް މިއަހަރުގެ މާޗް މަހު މިނިވަން ފަންސާހުގެ ހަރަކާތްތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ކެތަމަރާން އިވެންޓްތަކުން ވަނަ ވަނައަށް ދިޔަ މީހުން ހިމަނައިގެންނެވެ.
ސެިލިންގ ޓީމް ގައި ހިމެނެނީ އަންހެނެ ދެ ސެއިލަރުންނާއި ފިރިހެން ހަތަރު ސެއިލަރުންނެވެ.