ލީބިއާގެ ކުރީގެ ރައީސް މުއައްމަރް ގައްޒާފީގެ ވެރިކަމުގައި އޭނާގެ ދަރިކަލުން ސައިފު އަލް އިސްލާމާއި އިތުރު އަށް މީހަކު ހަނގުރާމައިގެ ޖަރީމާތައް ހިންގިކަން ޝަރީއަތަށް ސާބިތުވުމުން އެ މީހުން މެރުމަށް ލީބިއާގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.

ގައްޒާފީގެ ވެރިކަމާ ދެކޮޅަށް 2011 ވަނަ އަހަރު ހިންގި ހަމަނުޖެހުންތަކުގައި އިދިކޮޅު ފަރާތްތަކުން ވަނީ ގައްޒާފީ ގަތުލުކޮށްލާފަ އެވެ.

އޭރުގެ ހަމަނުޖެހުންތަކާ ގުޅިގެން ގިނަ އަދަދެއްގެ މީހުންގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު ލީބިއާ ކޯޓުން މަރަން މިއަދު ހުކުމް ކުރީ ހަމައެކަނި އަށް މީހުންގެ މައްޗަށެވެ.

ގައްޒާފީގެ ދަރިކަލުން ސައިފް ޝަރީއަތުގެ މަޖިލީހަށް ހާޒިރުނުވުމުން، އޭނާގެ ހެކިބަސް ނަގާފައި ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އަދި ޝަރީއަތުގެ މަޖިލީހުގައ ހެކިބަސް ނަގާފައި ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

ސައިފް އާ ދެކޮޅަށް ކުރި ދައުވާގައި ވަނީ އޭނާއަކީ އޭނާގެ ބައްޕަ ގައްޒާފީ ހަމަނުޖެހުން ހިންގަން ރޭވި ރޭވުމުގައި ފުރިހަމައަށް ބައިވެރިވި މީހެއް ކަމަށެވެ.

އިންސާނިއްޔަތާ ޚިލާފަށް ޖަރީމާތަކެއް ހިންގި ކަމުގެ ތުހުމަތުގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވެސް ސައިފު ހޯދުމަށް ވަނީ އަމުރުކޮށްފަ އެވެ. އެހެންނަމަވެސް އެ ކޯޓާ ސައިފު ހަވާލުކުރަން ލީބިއާ އިން ވަނީ ދެކޮޅު ހަދާފަ އެވެ.

މައުލޫމާތު: ބީބީސީ