ޕިއްޒާ ވިއްކުމުގައި ދުނިޔޭގެ މައްޝޫރު ކުންފުނި ޕިއްޒާ ހަޓުން އިނގިރޭސިވިލާތުގައި ހިންގަމުންދާ ރެސްޓޯރަންޓްތައް މިއަހަރު ފަހުކޮޅު ވިއްކާލަން އުޅޭ ކަމަށް އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް ވިދާޅުވެއްޖެ އެވެ.

ޓެލެގްރާފް ނޫހަށް ދިން އިންޓަވިއުއެއްގައި އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް ޖެންސް ހޮފްމާ ވިދާޅުވީ ޕިއްޒާ ހަޓް ވިއްކާލަން އޮޕްޝަންތައް ބައްލަވަމުންދާ ކަަމަށެވެ.

ހޮފްމާ ނިސްބަތްވާ ރުޓްލެންޓް ޕާޓްނާސް އިން 2012 ވަނަ އަހަރު ޕިއްޒާ ހަޓްގެ އިނގިރޭސިވިލާތުގެ ރެސްޓޯރެންޓްތައް ގަތުމަށްފަހު ޕިއްޒާ ހަޓް ކުންފުނި ކުރިއަރުވަން 60 މިލިއަން ޕައުންޑްގެ އިންވެސްޓްކޮށްފައެވެ.

ހޮފްމާ ވިދާޅުވީ އާއްމުކޮށް އެ ފަރާތުން ވިޔަފާރިއެއް ގެންގުޅެނީ ތިން އަހަރާއި ފަސް އަހަރާއި ދެމުދު ކަމަށެވެ.

"އަންނަ ނޮވެމްބަރު މަހަކީ އަހަރަމެންގެ ތިންވަނަ އަހަރީ ދުވަސް. ކުންފުނި ވިއްކާލާނެ ގޮތްތަކާއި ބެހޭގޮތުން މިދަނީ ވިސްނަމުން،" ހޮފްމާ ޓެލެގްރާފަށް އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

ފާއިތުވި އަހަރު އެ ކުންފުންޏަށް ވަނީ ސާފު ފައިދާގެ ގޮތުގައި 3.3 މިލިއަން ޕައުންޑް ލިބިފަައެވެ. 2013 ވަނަ އަހަރު އެ ކުންފުންޏަށް ލިބިފައި ވަނީީ 1.7 މިލިއަން ޕައުންޑެވެ.

ޕިއްޒާ ހަޓްގެ 280 ރެސްޓޯރެންޓް އިނިގިރޭސިވިލާތުގައި ހުރެއެވެ.