28 Jul 2015, 11:18
ހާބަރު ސަރަހައްދުގައި ލޮރީއަކަށް ދަގަނޑުތަކެއް ބަރުކުރަން އުޅުނު ފޯކްލިފްޓެއް ފުރޮޅާލައިފި އެވެ.
މަންޒަރުދުށް މީހަކު މިއަދު ސަން އަށް ބުނީ މިއަދު 10:25 ކަންހާއިރު ހާބަރު ސަރަހައްދުގައި ސިމެންތި ގުދަނުން ދަގަނޑުތަކެއް ލޮރީއަކަށް އަރުވަން އުޅެނިކޮށް ފޯކްލިޕްޓް ފުރޮޅާލީ ބެލެންސް ކެނޑިގެން ކަމަށެވެ.
ނަލަހިޔާ ގުދަންކުރިމަތީ ހިނގި އެ ހާދިސާގައި ފޯކްލިފްޓުގައި އިން ޑުރައިވަރަކަށް ވެސް އަދި އިތުރު މީހަކަށް ވެސް ގެއްލުމެއް ނުވެ އެވެ.
"ދަގަނޑުތަކެއް އުފުލަނިކޮށް ކައްސާލީ، ފޯކްލިފްޓް ވެއްޓުނީ ދުއްވަން އިންމީހާއާ އެކު، އޭނާ އަސް އެއްވެސް ކަމެއް ނުވޭ އެކަމަކު ވަރަށް ނުރައްކާކޮށް ދިޔައީ." މަންޒަރު ދުށް ފަރާތުން ބުންޏެވެ.
އެފޯކްލިފްޓު ނެގުމުގެ މަަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.