ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ 14 ވަނަ ބާސްކެޓްބޯޅަ މުބާރާތުގައި ފަސޭހަކަމާއެކު ޕޯޓްސް ލިމިޓެޑް ބަލިކޮށް ކަސްޓަމްސް ސެމީން ޖާގަ ހޯދައިފި އެވެ.

މުބާރާތުގައި ރޭ ކުޅެވުނު ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ކަސްޓަމްސް މޮޅުވީ 36-67 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަސްޓަމްސްއަށް 27 ޕޮއިންޓް ހޯދައިދިން ހަސަން ފާރިޝް އެވެ.

މިގްރޫޕުން 1 ވަނަ ލިބުނީ އެމް އެން ޑީ އެފަށެވެ. އެޓީމަށް އެ މަގާމު ޔަގީންވީ އިއްްޔެ ހަވީރު އައިލެންޑް އޭވިއޭޝަނާއި ވާދަކޮށް 67-56 ޕޮއިންޓުން މޮޅުވުމުންނެވެ.

މުބާރާތުގެ ސެމީގައި މާދަމާ ހަވީރު ޖީއެމްއާރާއި އެމް އެން ޑީ އެފް ވާދަކުރާއިރު މާދަމާރޭ ކުޅޭނީ ޕޮލިހާއި ކަސްޓަމްސް އެވެ.
މުބާރާތުގެ ފައިނަލު އޮންނާނީ މިމަހުގެ 12 ވަނަ ދުވަހުގެރެއެވެ.