27 Jul 2015, 23:24
އަންނަ ބުރާސްފަތި ދުވަހު ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 8:00 އިން މެންދުރު 12:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު މިރޭ ސަން އަށް ވިދާޅުވީ މިނިވަން ދުވަހާ ގުޅިގެން ސަރުކާރު ބަންދުވުމަށްފަހު އަންނަ ބުދަ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭއިރު އެދުވަހު ސަރުކާރު ހުޅުވިފައި ހުންނާނީ އާންމު ވަގުތުތަކުގައި ކަމަށްވިޔަސް ބުރާސްފަތި ދުވަހު ސަރުކާރުގެ ރަސްމީ ވަގުތަކީ ހެނދުނު 8:00 އިން 12:00 އަށް ކަމަށެވެ.
Muvazzafunnah luyeh dhevvumuge gothun 30 July dhuvahu sarukaaruge rasmee gadi aky hendhunu 8 in mendhuru12 ah kamugai Raees hamajassavaifi.
— Ibrahim Muaz Ali (@SpokespersonMV)July 27, 2015
"ބުރާސްފަތި ދުވަސް އެހެން ހައްދަވަނީ ވީކެންޑަށް ފަހު ދުވަހަށް ވީމަ،" މުއާޒު ވިދާޅުވިއެވެ.
އާންމުގޮތެއްގައި މިނިވަން ދުވަހާ ގުޅިގެން ދެ ދުވަހަށް ސަރުކާރު ބަންދުކުރި ނަމަވެސް މިފަހަރު ވަނީ ތިން ދުވަހަށް ސަރުކާރު ބަންދުކޮށްފައެވެ.