ޗައިނާ އިން ހުޅުމާލޭގައި ހަދަމުން އަންނަ ހައުސިން ޕްރޮޖެކްޓް ކުރިއަށްދާ ގޮތާ ގުޅޭ ގޮތް ބައްލަވާލެއްވުމަށް ޗައިނާގެ ނެޝަނަލް ޕީޕަލް ކޮންގްރެސްގެ ނައިބު ރައީސް މާޑަމް ޝެން ޔޫޔޫ އާއި ޗައިނާ ރައީސްގެ ސްޕެޝަލް އެންވޯއީ އެ ސަރަހައްދަށް ޒިޔާރާތް ކުރައްވައިފި އެވެ.

މިއަދު ހުޅުމާލޭގެ އެ ސަރަހައްދަށް ޗައިނާގެ އިސް ފަރާތްތަކުން ޒިޔާރަތް ކުރައްވާފައިވާ އިރު އެ ޒިޔާރާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވަނީ ބައިވެރިވެފަ އެވެ.

ޗައިނާ ސަރުކާރުގެ ފަރާތުން އަޅަމުންދާ ހައުސިން ޔުނިޓްތަށް ކުރިއަށްދާ ގޮތާ މެދު މިއަދުގެ އެ ޒިޔާރާތުގައި މަޝްވަރާ ކުރައްވާފައިވެ އެވެ.

ޗައިނާގެ އިސް ފަރާތްތަކުން ހުޅުމާލެ ހައުސިން ޔުނިޓައް ކުރެއްވި ޒިޔާރަތުގެ ތެރެއިން--- ފޮޓޯ: ހައުސިން މިނިސްޓަރު

ޗައިނާ ސަރުކާރުގެ ލުއި ލޯނެއްގެ ދަށުން ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަންއާ (ސީއެމްއީސީ) އާ ގުޅިގެން ހުޅުމާލޭގައި 704 ހައުސިން ޔުނިޓް އަޅާނެ އެވެ. އެ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި އަޅަމުން އަންނަ ހައުސިން ޔުނިޓްތައް މިއަންނަ އަހަރުގެ ޖޫން ހިސާބުގައި ނިމޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ޗައިނާގެ އިސް ފަރާތްތަކުން ހުޅުމާލެ ހައުސިން ޔުނިޓައް ކުރެއްވި ޒިޔާރަތުގެ ތެރެއިން--- ފޮޓޯ: ހައުސިން މިނިސްޓަރު

އެ ޕްރޮޖެކްޓްގެ ދަށުން ޗައިނާގެ ސަރުކާރުން ޖުމްލަ 1500 ހައުސިން ޔުނިޓް ގާއިމް ކުރުމަށް ހަމަޖެހިފައިވެ އެވެ. ބާކީ 796 އަޅަމުން އަންނަނީ އެންމެ އުތުރުގެ ހަތަރު އަތޮޅުގަ އެވެ.