ރާއްޖޭގައި ޑެންގޫ ހުން ޖެހިގެން ވޭތުވެ ދިޔަ ދެ ހަފުތާގެ ތެރޭގައި 800 އަށް ވުރެ ގިނަ މީހުން ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ޕުރޮޓެކްޝަން އޮތޯރިޓީ އިން (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މި ހަފްތާގައި އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޑެންގޫ ހުން ޖެހިގެން މުޅި ރާއްޖެ އިން 813 މީހަކު ވަނީ ރިޕޯޓުކޮށްފަ އެވެ.

އެޗްޕީއޭ އިން ބުނީ އޭގެ ތެރެއިން 382 މީހުންނަކީ މާލެއިން ރިޕޯޓުކޮށްފައިވާ މީހުން ކަމަށެވެ.

ޑެންގޫ ހުން ޖެހިގެން އަތޮޅު ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ބ. ތޮޅުން ނެވެ.

ޑެންގޫހުން ބާރު ސުޕީޑެއްގައި ފެތުރެމުން ދާތީ ސަރުކާރުން ވަނީ ސުކޫލުތަކުގެ ކިޔެވުން ވެސް މެދުކަނޑާލައިފައި އެވެ.

މި މަހުގެ 13 ވަނަ ދުވަހު ހެލްތު މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެޗްޕީއޭގެ ކޮމިއުނިކެބަލް ޑިޒީސް ހެޑް، ޑރ. ފާތުމަތު ނަޒްލާ ވިދާޅުވީ އަތޮޅު ތެރޭގައި ޑެންގީ ހުން ޖެހޭ މީހުންނަށް ފަރުވާ ދިނުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އަތޮޅު ތެރޭގައި ތިބި ޑޮކްޓަރުންނަށް ޑެންގީއާ ބެހޭ އެކަށީގެންވާ މައުލޫމާތު ނޭނގުން ކަމަށެވެ.

އެހެންކަމުން ދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ޑެންގީ ހުން ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖެ އަންނަ ޑޮކްޓަރުންނަށް ޑަބްލިއުއެޗްއޯ މެދުވެރިކޮޮށް އޮންލައިންކޮށް ތަމްރީން ދިނުމާ ބެހޭ މޮޑިއުލެއް ހެދުމަށް އެދިފައިވާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައި އެވެ.