ކުޑަ ކުއްޖަކަށް ފައިސާ ދީގެން ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އުތުރުގެ އަތޮޅަކަށް ނިސްބަތްވާ ރަށެއްގައި ހިނގި އެ ހާދިސާއާ ގުޅިގެން އިއްޔެ 3:30 އެހާކަންހާއިރު ހައްޔަރު ކޮށްފައި ވަނީ އުމުރުން 80 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން އެމީހާ ހައްޔަރު ކޮށްފައި ވަނީ އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކަށް ފައިސާ ދީގެން އެ އަންހެން ކުއްޖާއާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގަ އެވެ.

އެ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.