27 Jul 2015, 00:09
ރާއްޖޭގެ ތަރައްގީއަށް ފަލަސްތީނުން ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ފަލަސްތީނުގެ ފަލަސްތީނުގެ ފޮރިން މިނިސްޓަރު ޑރ. ރާއިދު މަލްކި ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ ރަސްމީ ދަރުބާރުގައި ޕަބްލިކް ސާވިސް ބްރޯޑްކާސްޓާ (ޕީއެސްއެމް)އަށް ދެއްވި އިންޓަވިއުއެއްގައި މަލްކި ވިދާޅުވީ ރާއްޖޭގެ ތަރައްގީ އާއި ގުޅޭ ކަންކަމުގައި ފަލަސްތީނުގެ ތަޖުރިބާ އާއި އިލްމު ހިއްސާ ކުުރުމަށް ތައްޔާރަށް ތިއްބެވި ކަމަށެވެ. އަދި އެއީ އެއްމެ ފުރަތަމަ ދުވަހުއްސުރެ ރާއްޖޭން ފަލަސްތީނަށް ކުރަމުންދާ ސަޕޯޓާއި ދެމުންދާ އެއްބާރުލުން ފަލަސްތީނުން ފަޚުރިވެރިކަމާއެކު ބަލައިގަންނަކަން ދެއްކުމަށް ކަަމަށް ވެސް މަލްކި ވިދާޅުވި އެވެ.
" ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ކުރާ މަސައްކަތަށް ރާއްޖޭން އަބަދުވެސް ސަޕޯޓްކުރޭ. ފާއިތުވި އެތައް އަހަރެއްގައި ވެސް ދިވެހި ރައްޔިތުން ދެމި ތިބީ އެގޮތުގައި. ރާއްޖޭގެ މިނިވަންކަން ފާހަގަކުރާ މި މުނާސަބަތުގައި ފަލަސްތީނުން ބައިވެރި މި ވަނީ ރާއްޖޭން ފަލަސްތީނަށް ކުރާ ސަޕޯޓަށް ޝުކުރުދަންނަވަން،" މަލްކި ވިދާޅުވި އެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގި އުދުވާނުގައި ހާލުގައި ޖެހުނު ގާޒާގެ ރައްޔިތުންނަށް ފާއިތުވި އަހަރު ދިވެހިން ވަނީ 29.4 މިލިއަން ރުފިޔާ (1.9 މިލިއަން ޑޮލަރު) ހަދިޔާކޮށްފަ އެވެ. މި އެހީ ބޭނުންކޮށްގެން 100 އާއިލާއެއްގެ 700 އަށް ވުރެ ގިނަ މީހުންނަށް ވަނީ ބޯހިޔާވަހިކަން ދީފައެވެ.