26 Jul 2015, 23:58
މިނިވަން 50 ރަންޔޫބީލް މުނާސަބަތުގައި މޯލްޑިވް ގޭސްގެ ފަރާތުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން ޕާކެއް ހުޅުވައިފި އެވެ.
ބޮޑުތަކުރުފާނު މަގުގައި ހުންނަ މޯލްޑިވްގޭސް ޑިސްޓްރިބިއުޝަން އައުޓްލެޓުގައި ހުޅުވި އެ ޕާކަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހުޅުވި ޕާކެއް ކަމަށް މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން ވިދާޅުވި އެވެ.

މިނިވަން 50 ރަންޔޫބީލް މުނާސަބަތުގައި މޯލްޑިވް ގޭސްއިން ހުޅުވި ޕާކު--
އޭނާ ވިދާޅުވީ މިއަދުން ފެށިގެން ދާއިމީ ގޮތެއްގައި އެ ޕާކް ހުޅުވާފައި ހުންނާނެ ކަމަށެވެ. އެ ޕާކްގައި ކުޑަކުދިންނަށް ކުޅެލެވޭނެ އިންތިޒާމް ވެސް ހަމަޖެހިފައިވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
މޯލްޑިވް ގޭސް އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

މިނިވަން 50 ރަންޔޫބީލް މުނާސަބަތުގައި މޯލްޑިވް ގޭސްއިން ހުޅުވި ޕާކު--