26 Jul 2015, 20:57
ކުރީގެ ދެރައީސުން ކަމަށްވާ އިބުރާހީމް ނާސިރު ރަންނަ ބަނޑޭރި ކިލެގެފާނާއި މައުމޫނު ޢަބުދުލް ޤައްޔޫމް ރާއްޖެއަށް ކޮށްދެއްވާފައިވާ ޚިދުމަތްތައް ފާހަގަ ކޮށް މިނިވަން ކަމުގެ ޝަރަފުގެ އައްޑަނައެއް އެ ދެބޭފުޅުންނަށް ދައުލަތުން ދެއްވައިފިއެވެ.
މިހާރު ކުރިއަށްދާ މިނިވަން ދުވަހުގެ ހާއްސަ ދަރުބާރުގައި އެދެބޭފުޅުންނަށް އައްޑަނަ ދެއްވީ ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނެވެ. ކުރީގެ ރައީސް އިބުރާހީމް ނާސިރަށް ދެއްވި އައްޑަނައާ ހަވާލުވެވަޑައިގެންނެވީ އެމަނިކުފާނުގެ ކާފަ ދަރިކަލުން އިބުރާހީމް އަޙުމަދު ނާސިރެވެ. އަދި ރައީސް މައުމޫނަށް ދެއްވި އައްޑަނައާ ހަވާލުވެވަޑައިގެންނެވީ އެމަނިކުފާނެވެ.

ރައީސް ނާސިރަށް ލިބިވަޑައިގެންނެވި ޝަރަފުގެ އައްޑަނަ ނާސިރުގެ ކާފަ ދަރިކަލުން އިބުރާހީމް އަޙުމަދު ނާސިރާ ހަވާލު ކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް
ކުރީގެ ރައީސް އިބުރާހީމް ނާސިރު ރާއްޖެއަށް ކޮށްދެއްވި ޚިދުމަތް ތަކުގެ ތެރޭގައި ބައިނަލް އަގުވާމީ ވައިގެ ބަނދަރެއް ހެއްދެވުމާއި ޓޫރިޒަމް ތައާރަފް ކުރެއްވުމާއި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ތައާރަފް ކުރެއްވުން ހިމެނެއެވެ.