26 Jul 2015, 20:45
ދިވެހި ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ސްކޫލުތަކުންނާއި އެމްއެންޑީއެފް އިން ރޫޓް މާޗު ބާއްވައިފި އެވެ.
މިއަދު ހަވީރު މާލޭގައި ބާއްވާފައިވާ ހިނގާލުމުގައި އެމްއެންޑީއެފް އާއި މާލޭގެ ގިނަ ސްކޫލުތަކުން ބައިވެރިވެފައިވެ އެވެ.
މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރޫޓް މާޗު-- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެމްއެންޑީއެފްގެ އެ މާޗު ކުރިއަށް ގެންގޮސްފައި ވަނީ ބަންޑާރަ ކޮށިން ނުކުމެގެން ގޮސް މާލޭގެ ބޮޑެތި މަގުތަކުގަ އެވެ. ޗާންދަނީ މަގާއި ސޯސަން މަގާއި މަޖީދީ މަގާއި އޯކިޑުމަގުގައި ވެސް އެ މާޗު ކުރިއަށް ގެންދިޔަ އެވެ.
މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރޫޓް މާޗު-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރޫޓް މާޗުގައި ސިފައިން ވަނީ މުލިއާގޭ ކުރިމައްޗާއި ސޯސަންގެ އަދި ބިއްލޫރިޖެހިގޭގެ އިތުރުން އޯޑިއޯން ކައިރީގައި އަދި ސުޕްރީމް ކޯޓް ކައިރީގައި މަޑުކޮށް ސިފައިންގެ ބޭންޑުން ރާގުތައް ކުޅެފައެވެ.
ސްކޫލުތަކުގެ ދަރިވަރުންގެ މާޗު ވެސް މިއަދު ކުރިއަށް ގެންގޮސްފައި ވަނީ އެމްއެންޑީއެފް އިން މާޗު ކުރި ސަރަހައްދުތަކުގަ އެވެ.
މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރޫޓް މާޗު-- ސަން ފޮޓޯ/ ފަޔާޒު މޫސާ