ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު އިބްރާހީމް މުހައްމަދު ދީދީ ހިތުގެ ފަރުވާއަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.

އިބުރާހިމް ދީދީ ފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގަތީ މިދިޔަ މާޗު މަހުގެ ތެރޭގައި އެވެ.

އިބްރާހީމް ދީދީ މިއަދު "ސަން" އަށް ވިދާޅުވީ ފަރުވާއަށްފަހު އެނބުރި ރާއްޖެ ވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިހާރު އަޅުގަނޑުގެ ބަލި ހާލަތު ވަރަށް ރަނގަޅު،" އިބުރާހިމް ދީދީ ވިދާޅުވި އެވެ.

އިންޑިއާއަށް ވަޑައިގަތުމުގެ ކުރިން އިބުރާހިމް ދީދީއަށް ވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެއްވާފައި އެވެ.

ކްރިމިނަލް ކޯޓްގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކޮށް ގިރިފުށީގައި ބެހެއްޓި މައްސަލާގައި އޭނާގެ މައްޗަށް ވެސް ޓެެރަރިޒަމްގެ ދައުވާ އުފުލި އެވެ. ނަމަވެސް މިހާރު ދައުލަތުން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.