އިންޑިއާ އާއި ރާއްޖެ އާއި ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އޮތީ ބަދަހި ގުޅުމެއް ކަަމަށް އިންޑިއާގެ ހެލްތު މިނިސްޓަރު ޖަގަތު ޕްރަކާޝް ނައްޑާ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމާ އެކު ހެލްތު މިނިސްޓްރީގައި މިއަދު އޮތް ބައްދަލުވުމުގައި ނައްޑާ ވިދާޅުވީ މިއަހަރަކީ ދެ ގައުމުގެ ގުޅުން ބަދަހި ކުރިތާ ވެސް 50 އަހަރު ފުރޭ އަހަރު ކަމަށެވެ. އިންޑިއާ އާއި ރާއްޖޭ އާއި ދެމެދު ސިޔާސީ ގުޅުން ބަދަހި ކުރީ 1968 ވަަނަ އަހަރު އެވެ. ނައްޑާ ވަނީ މިނިވަން ދުވަހުގެ ތަހްނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފަ އެވެ.

ހެލްތު މިނިސްޓަރު އިރުތިޝާމް ވިދާޅުވީ އިންޑިއާ އަކީ ރާއްޖެ އާ ސިޔާސީ ގުޅުން އެއްމެ ފުރަތަމަ ބަދަހި ކުރި އެއް ގައުމު ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތީ ވަރަށް ގާތް ގުޅުމެއް ކަަމަށް ވިދާޅުވި އެވެ.

އިންޑިއާގެ ހެލްތް މިނިސްޓަރު ޖަގަތު ޕްރަކާޝް ނައްޑާ އާއި ރާއްޖޭގެ ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް ބައްދަލުކުރެއްވުން -- ފޮޓޯ؛ ލަތީފު

ދެ ގައުމުގެ ހެލްތް މިނިސްޓަރުން ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖޭން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު އަހުމަދު މުހައްމަދާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ރާޖީބް ސަހާރޭ ބައިވެރިވެވަޑައިގެންނެވި އެވެ.

އިންޑިއާގެ ހެލްތް މިނިސްޓަރު ވަނީ ހެލްތު މިނިސްޓްރީގެ މެހްމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ. ނައްޑާ ރާއްޖެ ވަޑައިގެން މިއުޅުއްވަނީ މިނިވަން 50 ގެ ހަރާކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.