މިނިވަން 50 އަށް ރާއްޖެ އަށް ވަޑައިގެންނެވި ޗައިނާގެ ވަފުދާ ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ބައްދަލުކުރައްވައިފި އެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ އިހުތިފާލްތަކަށް ރާއްޖެ އަށް ވަޑައިގެންނެވި ޗައިނާގެ ވަފުދުގެ ވެރިޔަކަށް ހުންނެވީ އެ ގައުމުގެ ނެޝަނަލް ޕީޕަލްސް ކޮންގްރެސްގެ ނައިބު ރައީސް ޝެން ޔޫޔޫ އެވެ. އޭނާ އާއި އޭނާއާ އެކު ރާއްޖެ އަށް އައި ވަފުދުގެ ބޭފުޅުންނާ ރައީސް ޔާމީނު މިއަދު ބައްދަލުކުރެއްވީ ރައީސް އޮފީހުގަ އެވެ.

މިނިވަން 50 އަށް ރާއްޖޭން ބޭރުން ވަޑައިގަންނަވާ މެހުމާނުންގެ ތެރެއިން ގިނަ ބޭފުޅުން ވަނީ ރެއާއި މިއަދު ރާއްޖެއަށް ވަޑައިގެންފަ އެވެ.

މިނިވަން 50ގެ އިހުތިފާލްތަކަށް ރާއްޖެ އަށް މިހާރު ވަޑައިގެންފައި ވަނީ:

  • މޮރިޝިއަސްގެ ސިވިލް ސާވިސް މިނިސްޓަރު އެލެން ވޮން ޔެންގް

  • ޗައިނާގެ ނެޝަނަލް ޕީޕަލް ކޮންގްރެސްގެ ނައިބު ރައީސް ޝެން ޔޫޔޫ
  • ޕާކިސްތާނުގެ ސްޓޭޓް އެންޑެ ފުރޮންޓިއަރ ރީޖަން މިނިސްޓަރު އަބްދުލްގާދިރު ބަލަޗް
  • އިންޑިއާގެ ހެލްތް މިނިސްޓަރު ޖޭޕީ ނައްޑާ
  • ސައުދި އަރަބިއާގެ ކެބިނެޓް މިނިސްޓަރު މަންސޫރު ބިން އަބްދުލް އަޒީޒް
  • ފަލަސްތީނުގެ ފޮރިން މިނިސްޓަރު ޑރ. ރާއިދު މަލްކި
  • ނޭޕާލުގެ ފޮރިން މިނިސްޓަރު މަހިންދްރަ ބަހަދުރް
  • ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޝާހްރިއާ އަލާމް
  • ޖަޕާނުގެ ޕްރައިވެޓް ސެކްރެޓަރީ ފޯ ވައިސް މިނިސްޓަރް ޝިންތާރޯ

މީގެ އިތުރުން ސްރީލަންކާގެ ރައީސް މައިތިރި ޕާލާ ސިރިސޭނާ ވެސް މި އިހުތިފާލްތަކަށް ރާއްޖެއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ. އޭނާ ވަޑައިގަންނަވާނީ މިއަދުގެ ވަގުތެއްގަ އެވެ.