ރަޝިއާގައި 2018 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕަށް ކޮލިފައިވުމަށް ކުޅޭ ކޮލިފައިން ގުރޫޕްތަކުގެ ގުރުނެގިއިރު ދުނިޔޭގެ ޗެމްޕިއަން ޖަރުމަން ފެސޭހަ ގުރޫޕެއްގައި ލައްވާލިއިރު ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ވާދަވެރި އިޓާލީއާ އެއް ގުރުޕެއްގައި ލައްވާލައިފިއެވެ.

މީގެ އިތުރުން ޔޫރަޕްގެ ފުޓްބޯޅައިގެ ގަދަ ބާރުތައް ކަމަށްވާ ފްރާންސާއި ނެދަލޭންޑާ އެއް ގުރޫޕެއްގައި ވާދަވެރި ސްވިޑެން ވަނީ ހިމެނިފައެވެ.

އިތުރު ވަރުގަދަ ގުރޫޕްތަކަށް ބަލާލާއިރު ޕޯޗްގަލްއާއި ސްވިޒަލޭންޑް ވަނީ ގުރޫޕް ބީގައި ހިމެނިފައެވެ.

ގުރޫޕް އެފްގައި ގްރޭޓް ބްރިޓަންގެ އިންގްލެންޑާއި ސްކޮޓްލެންޑްވަނީ އެއް ގުރޫޕެއްގައި ހިމެނިފައެވެ.

އެންމެ ފަސޭހަ ގުރޫޕްތަކުގައި ފާހަގަ ކުރެވެނީ ގުރޫޕް ޑީ އާއި ގުރޫޕް އީ ގެ އިތުރުން ގުރޫޕް އެޗެވެ.

ގުރޫޕް އެޗް ފާހަގަ ކުރެވެނީ އުނދަގޫ އަދި ފަސޭހަވެސް ގުރޫޕެއްގެގޮތުގައެވެ. އެ ގޫރުޕްގައި އެންމެ ވަރުގަދަ ޓީމަކަށް އޮތީ ކޮރޭޝިއާއެވެ.

ގުރޫޕް - އޭ | ނެދަލޭންޑްސް، ފްރާންސް، ސްވިޑެން، ބަލްގޭރިއާ، ބެލަރޫސް، ލަގުޒަންބާގް

ގުރުޕް - ބީ | ޕޯޗްގަލް، ސްވިޒަލޭންޑް، ހަންގޭރި، ފަރޯއޯ އިލެންޑްސް، ލެޓްވިއާ، އެންޑޯރާ

ގްރޫޕް - ސީ | ޖަރުމަން، ޗެކް ރިޕަބްލިކް، އުރުރު އަޔަލެންޑްސް، ނޯވޭ، އަޒަރުބައިޖާން، ސެން މެރިނޯ

ގްރޫޕް - ޑީ | ވޭލްސް، އޮސްޓްރިއާ، ސާބިއާ، ރިޕަބްލިކް އޮފް އަޔަލެންޑް، މޯލްޑޯވާ، ޖޯޖިއާ

ގްރޫޕް - އީ | ރޮމޭނިއާ، ޑެންމާކް، ޕޮލެންޑް، މޮންޓޭނީގްރޯ، އަރުމީނިއާ، ކަޒަކިސްތާން

ގްރޫޕް - އެފް | އިންގްލެންޑް، ސޮލަވާކިއާ، ސްކޮޓްލޭންޑް، ސޮލެވޭނިއާ، ލިޔުއޭނިއާ، މަލްޓާ

ގްރޫޕް - ޖީ | ސްޕެއިން، އިޓަލީ، އަލްބޭނިއާ، އިސްރާއިލް، މެސަޑޯނިއާ، ލިޗްޓެންސްޓެއިން

ގްރޫޕް - އެޗް | ބެލްޖިއަމް، ބޮސްނިއާ އެންޑް ހެރްޒޮގޮވީނާ، ގުރީސް، އެސްޓޯނިއާ، ސައިޕްރަސް،

ގްރޫޕް – އައި | ކޮރޭޝިއާ، އައިސްލޭންޑް، ޔޫކްރޭން، ތުރުކީ، ފިންލޭންޑް

ރޭ ބޭއްވި ޔޫރޯ ޒޯންގެ ވޯލްޑްކަޕް ކޮލިފައިންގައި ރަޝިއާގެ ރައީސް ވްލަޑް މިއާ ޕޫޓިން (ކ) އާއި ފީފާގެ ރައީސްކަމުގެ މަގާމު ފުރަމުންދާ ސެފް ބްލެޓާ ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ ރޮއިޓަސް

މީގެ އިތުރުން ރަޝިއާ ވަނީ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ވޯލްޑްކަޕް ޖާގައެއް ކަށަވަރުވެފައެވެ.

ގުރުނެގުމުގެ ރަސްމިއްޔާތުގައި ރަޝިއާގެ ރައީސް ޕޫޓިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.