މިނިވަންކަންމުގެ ވާހަކަތައް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ސްޓޭމްޕު ސެޓެއް މޯލްޑިވްސް ޕޯސްޓު ލިމިޓެޑުން ނެރެފި އެވެ.

ޕޯސްޓް އޮފީހުގައި މިއަދު ހެނދުނު އޮތް ހާއްސަ ރަސްމިއްޔާތެއްގައި އަލަށް ނެރުނު ސްޓޭމް ސެޓް ނެރެދެއްވީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އެވެ. އުމަރު ޒާހިރު ވަނީ އަލަށް ނެރުނު ސްޓޭމްޕް ސެޓުގައި ސޮއި ވެސް ކުރައްވައިފަ އެވެ.

އަލަށް ނެރުނު ސުޓޭމްޕު ސެޓުގައި އުމަރު ޒާހިރު ސޮއިކުރައްވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފީގު ވިދާޅުވީ ސްޓޭމްޕަކީ ކިތަންމެ ކުޑަ އެއްޗެއް ނަމަވެސް އެ އެއްޗަކީ ވަރަށް ބާރުގަދަ ވަސީލަތެއް ކަމަށެވެ.

މިއަދު ނެރުނު ސުޓޭމްޕު ސެޓު: ސަން ފޮޓޯ/ އަލީ ނަސީރު

އޭނާ ވިދާޅުވީ ސްޓޭމްޕުން ދައްކުވައިދޭ އެންމެ މުހިއްމު އަސާސަކީ އެ ސުޓޭމްޕަކުން ދައްކުވައިދޭ ގައުމީ ޝަހުސިއްޔަތު ކަމަށެވެ.

މިއަދު ނެރުނު އާ ސުޓޭމްޕް ސެޓު ވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރާ ހަވާލުކުރައްވާފައި އެވެ.

މިއަދު ނެރުނު ސުޓޭމްޕު ސެޓު ހޯމް މިނިސްޓަރު އުމަރު ނަސީރަށް(ވ) މޯލްޑިވްސް ޕޯސްޓު ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފީގު ހަދިޔާ ކުރައްވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

ޝަފީގު ވިދާޅުވީ ސުޓޭމްޕަކީ ގައުމެއްގެ ސިޔާސީ އަދި އިގުތިސާދީ ހަޔާތުގެ ތާރީހީ ފިލާވަޅެއް ދައްކުވައިދޭ އެއްޗެއް ކަމަށެވެ.