މިނިވަން ދުވަހުގެ އުފަލުގައި ދިރާގު ކަސްޓަމަރުންނަށް ދެ ޖީބީ އިންޓަނެޓް ހިލޭ ދީފި އެވެ.

ދިރާގުން މިއަދު ބުނީ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން އެކުންފުނީގެ ކަސްޓަމަރުންނަށް ދެ ޖީބީ އިންޓަނެޓް ލިބޭ ލިބިގެންދާނެ ކަމަށެވެ. ނަމަވެސް އެ ދެ ޖީބީ އިންޓަނެޓު ބޭނުން ކުރެވޭނީ މާދަމާގެ ނިޔަލަށް ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް މިނިވަންކަމުގެ އުފާ އެންމެނަށް ހިއްސާ ކުރުމަށާއި މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުވާފަ އެވެ.

މިއަދު ފާހަގަ ކުރަމުންދާ މިނިވަން ކަމަކީ އިނގިރޭސީންގެ އަތުން ރާއްޖެ މިނިވަންވިތާ 50 އަހަރު ފުރުމެވެ. ރާއްޖެ މިނިވަންކަން ލިބުނީ 1965 ވަނަ އަހަރުގެ ޖުލައި މަހު 26 ވަނަ ދުވަހު އެވެ.